A wide advertisement which will be shown on all devices. (700 x 100)

އަންހެނުންގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް ފުނާޑުޓީމާއި ހޯދަޑު ޓީމު

ހޯދަޑު ވިމެން ސްޓްރައިކަސްގެ ކުޅުންތރިއަކު ގޯލަށް ޝޫޓް ކުރަނީ.

މެދުދާއިރާގެ ފުޓްސަލް ދަނޑުގައި މިހާރު ކުރިޔަށްދާ އަންހެނުންގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް ފުނާޑު އެފް.އެސް.ސީ ޔުނިކޯން އާއި ހޯދަޑު ވިމެންސް ސްޓްރައިކާސް ދަތުރުކޮށްފިއެވެ. ފުވައްމުލަކުގެ 4 އަވަށުން ވާދަކުރި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިރޭ ނިމުނުއިރު ފުނާޑު އެފް.އެސް.ސީ ޔުނިކޯން ޓީމު އެއްވެސް މެޗަކުން ބަލިވެފައި ނުކުރެވިފައެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަނގަކުރުމުގެ ގޮތުން ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ މިމުބާރާތަކީ ފުވައްމުލަކުގައި ބޭއްވޭ ފުރަތަމަ އަންހެނުންގެ ފުޓްސަލް މުބާރާތެވެ. 

މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗު މިރޭ ކުޅެވުނު އިރު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ފުނާޑު އެފް.އެސް.ސީ ޔުނިކޯން މިސްކިތްމަގު އެންމެންގެ ގުޅުން ޓީމެވެ. މިމެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. އެޓީމަށް ޖުމްލަ 7 ޕޮއިންޓް ލިބުނެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރި އަކަށް ހޮވިފައިވަނީ ފުނާޑު އެފް.އެސް.ސީ ޔުނިކޯން ގެ ސަފިއްޔާ ރަފާ (ޖ.9) އެވެ.

ހޯދަނޑު ވިމެންސް ސްޓްރައިކާސް އާއި ދަނޑިމަގު ރަނިން ބައްދަލުކުރި މިރޭގެ 2 ވަނަ މެޗު ހޯދާޑު ޓީމު ކާމިޔާބުކުރީ 5-2 ން ނެވެ. މިމެޗުގައި ހޯދަޑު ޓީމުގެ ވަލީދާ (ޖ.7) ވަނީ 4 ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. މިނަތީޖާއާއެކު ހޯދަޑު ޓީމު ކުޅުނު 3 މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، އެއް މެޗުން ބަލިވެ، ޖުުމްލަ 6 ޕޮއިންޓް ހޯދައި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ދެވަނަ ޓީމުގެ ގޮތުގައެވެ.

މުބާރާތުން ކެޓީ ދަޑިމަގު ރަނިންގެ ޓީމާއި މިސްކިތްމަގު އެންމެގެ ގުޅުން ޓީމެވެ. މިސްކިތްމަގު ޓީމު ވަނީ މުބާރާތުގައި ކުޅުނު 3 މެޗުން 4 ޕޮއިންޓް ހޯދާފައެވެ. ނަމަވެސް ދަޑިމަގު ޓީމަށް ޕޮއިންޓެއް ލިބޭ ގޮތެއް ނުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !