މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދު ބޯކޮށް ވާރޭ ވެހި ފުވައްމުލައް ސިޓީއަށް ބައެއް ގެތަކަށްް ފެންވަދެ ގެއްލުން ވެއްޖެއެވެ.
ފެންބޮޑުވެ ގޭގެއަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ވެލިބަސްތާތައް ޖެހުމާއި ޕަންޕުން ފެން ހިއްކުމުގައި ފުވައްމުލަކު ފަޔަރ ސްޓޭޝަނާއި، އެމްއެންޑީއެފް-ފުވައްމުލައް އާއި ފުވައްމުލަކު ފުލުހުންގެ އިތުރުން ސިޓީ ކައުންސިލުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމުގެ މައލޫމާތު ލިބެއެވެ.
މީގެ އިތުރުން ވޮލަންޓިއަރުންގެ ގޮތުގައި އާއްމުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމުގެ މައުލޫމާތު ލިބެއެވެ.

މިއަދުގެ ފެންބޮދުވުމުގެ ހަދިސާގައި ޕަންޕުން ފެންހިއްކަނީ
ފެންބޮދުވުމުގެ މިހާދިސާއާއި ގުޅިގެން ފެންވަން ގެތަކުގެ ހިފާ ގެންގުޅޭ ސާމާނުތައް އުސްތަންތަނަށް އެރުވުމާއި ތަފާތު އެކިކަންކަމުގައި ރަށުގެ އެކި ސަރަހައްދުތަކުގައި ޓީމުތައް ހަރަކާތްތެރިވަމުން އެބަދެއެވެ.

މިއަދުގެ ފެން ބޮދުވުމުެގ ހާދިސާއާއި ގުޅިގެން ރައްކާތެރިކަމަށް ވެލިބަސްތާ ޖަހަނީ
ހޯދަޑުގެ ބައްގެ ގެތަކާށާއި މިސްކިތްމަގުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާކަމުގެ މައުލޫމާތު މިކަލްނޫހަށް ލިބެއެވެ.
ފެންބޮޑުވުމުގެ ހާދިސާގައި އެހީތެރިކަމަށް އެދުމަށް ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ނަމްބަރު 6869118 އަށް އަދި ފުވައްމުލަކު ފުލުންނަށް ގުޅުއްވުމަށް (6865013) ސިޓީ ކައުންސިލުން ވަނީ އެދިފައި ވެއެވެ.

މިއަދުގެ ފެންބޮޑުވުމުގެ ހާދަިސާގައި އެހީތެރިކަން ފޯރުކޮށްދެނީ
ޚިޔާލުތައް