A wide advertisement which will be shown on all devices. (700 x 100)

ވީއެމް ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެންގެ ގުޅުމަށް

ވީއެމް ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދި މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޓީމް.

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ވީ.އޭ.އެމް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން “މިސްކިތްމަގު އެންމެގެ ގުޅުމުން”  ހޯދައިފިއެވެ.

މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓްގައި ކުޅުނު ފައިނަލް މެޗްގައި ބައްދަލުކުރީ ފިސްޑާ އާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މިމެޗް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކުރީ ވަރަށް ފަސޭހަކަމާއި އެކު ތިން ސެޓުންނެވެ. މިސްކިތްމަގު ސެޓްތައް ގެންދިޔައީ 25-14، 25-13 އަދި 15-25 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޖ.13 އާމިނަތު އަޒީމާ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ފާތުމަތު މާޖިދާ އެވެ. މުބާރާތުގެ ޑްރީމްޓީމްގައި ހިމެނެނީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ފާތުމަތު މާޖިދާ، ޚަދީޖާ މުހައްމަދު އަދި މަރިޔަމް ސައީދުއެވެ. މީގެ އިތުރުން ފިސްޑާގެ ފާތުމަތު ޝަހުލާ އާއި މަރިޔަސް ސަމާ އެވެ. މީގެ އިތުރުން ހިމެނެނީ ވެށިނަލަ ޖަމްމިއްޔާގެ މަރިޔަސް ހަސަން އެވެ. ފެއަރ ޕްލޭ ޓީމަކީ ހޯދަޑު ވެށިނަލަ ޖަމްމިއްޔާ އެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ އުމުރުން 15 އަހަރުގެ ފިސްޑާގެ ފާތުމަތު ޖުމާ ޝަޖުމީއެވެ. 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ފިސްޑާގެ ފާތުމަތު މާޔާ އެވެ.

ޓީމަށް އެންމެ ފައިދާހޯދައިދިން ކޯޗަަކަށް ހޮވިފައިވަނީ ފިސްޑާގެ މުހައްމަދު އަބްދުއްރަހްމާން (އައްޅޯ) އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !