ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފެނަކަ-ފުވައްމުލަކުގެ ފަރާތުން ބާއްވަމުން އެބަގެންދެއެވެ.
އެގޮތުން ފާއިތުވި ބުރާސްފަތި ދުވަހު ވަނީ ބޭންކް އޮފް މޯލްޑިވްސް ގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފައެވެ.
މީގެ ކުރިން ފުވައްމުލައް ސިޓީގެ ރައްޔިތުންށް އަމާޒުކޮށްގެން ދެ ބައްދަލުވުން ވަނީ ބާއްވާފައެވެ. އެގޮތުން އެ ދެ ބައްދަލުވުން ބާއްވާފައި ވަނީ ޏ.އޭއީސީގައި އާއި ފުވައްމުލަކު ސްކޫލުގައެވެ.
މިބައްދަލުވުންތައް ކުރިޔަށް ގެންދަވަނީ އެބްރާންޗުގެ މެނޭޖަރ އިބްރާހިމް އަބްދުﷲ ކަމަށް ފެނަކަ އިން މައުލޫމާތު ދެއެވެ.
މިހާރު ފުވައްމުލައް ސިޓީގައި ފެން ދުކުރަމުން އަންނަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 6:00 އިން ހެނދުނު 9:00 އަށް އަދި ހަވީރު 5:00 އިން ރޭގަނޑު 9:00 އަށެވެ.
މިހާރު ދޫކުރާ ފެނަށް ބިލް ނުކުރާނެކަމަށް ފެނަކައިން ކުރިން ހާމަކުރައްވާފައި ވެއެވެ. އާއްމުކޮށް ދޫކުރާ ފެނަށް ބިލް ކުރަން ފަށާނީ އެކަން އިއުލާން ކުރުމަށްފަހު 24 ގަޑިއިރު ފެން ދޫކުރަން ފެށުމަށްފަހުގައި ކަމަށެވެ. ބިލްކުރަން ފެށުމުގެ ކުރިން ފެން މީޓަރު ތަކުގެ ރީޑިން ނަގާނެ ކަމަށް ވެސް ފެނަކައި ހާމަކުރެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަށް ފެނާއި ނަރުދަމާގެ މައުލޫމާތު ދިނުމަށް ކުރިޔަށް ގެންދެވުނު ސެޝަނުގެ ތެރެއިން
ފުވައްމުލައް ސިޓީގެ ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތަކަށް މިއަދު ހެންދުނު 8:30 ން 11:00 އަށް އުތުރު ދާއިރާއިން ކަރަންޓް ކަނޑާލަފައި ވެއެވެ. ނަމަވެސް މިހާރު މުޅި ރަށަށް ކަރަންޓް ދޫކުރެވިފައިވާ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.
މިއާއެކު ފުވައްމުލައް ސިޓގައި އަޅާފައިވާ ފްލެޓްތަކަށް ކަރަންޓް ދެވިގެން ދާނެކަމަށް ވެއެވެ.
ޚިޔާލުތައް