ދިވެހި ބަހުގެ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން އެދުވަހަކީ ހަމައެކަނި ދިވެހި ބަހުން މުއާމަލާތު ކުރާ ދުވަހެއްގެ ގޮތުގައި އެދުވަސް ފާހަނގަ ކުރުން ކިހިނެތް ވާނެތޯ މަޝްހޫރު ދިވެހި ޕްރޮފެސަރު ހަސަން އުގެއިލު ދިވެހިންނަށް ސުވާލު ކުރިމަތި ކުރުވައިފިއެވެ. އިއްޔެ އުގެއިލުގެ ފޭސްބުކް ސްޓޭޓަސް ގައި ހާމަކުރައްވާފައިވާ ގޮތުން ދިވެހި ދުވަސް ފާހަނަގަކުރުމުގެ ގޮތުން ބޮޑަށް ފެންނަނީ ދިވެހި ސަގާފީ ހެދުން އަޅާ ދުވަހެއްގެ ގޮތުގައި އެދުވަސް ފާހަނގަ ކުރެވިގެން ދާކަމަށް ވިދާޅުފެވައި ވެއެވެ.
އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީގެ ސިނިއަރ ޕްރޮފެސަރ އުގެއިލް ވިދާޅުވެފައި ވަނީ ދިވެހި ބަހުގެ ދުވަސް ފާހަނގަ ކުރުމަށް ދިވެހި ސަގާފީ ހެދުން ލުމަކީ މާކަ ބޮޑު ގުޅުމެއް އޮތް ކަމެއް ކަމަކަށް އޭނާއަށް ނުފެންނަ ކަމަށެވެ. އެއިގެ ބަދަލުގައި އެދުވަހަކީ ހަމައެކަނި ދިވެހި ބަހުން މުއާމަލާތު ކުރާ ދުވަހަކަށް ހެދުން މާ ރަނގަޅު ވާނެކަމަށް ދެކޭ ކަމަށެވެ. އެގޮތުން އެދުވަހު ވާހަކަ ދައްކާ އިރ ބޭރުގެ އެހެން އެއްވެސް ބަހެއް ބޭނުން ނުކޮށް، ހަމައެކަނި ދިވެހި ބަހުން މުއާމަލާތު ކުރެވޭތޯ ބެލުމަށެވެ.
އުގެއިލުގެ މިގޮވާލުމަށް ތަފާތު ވިސްނުމުގައި މީހުން ކޮމެންޓް ކޮށްފައި ވެއެވެ. ނަމަވެސް ގިނަ ބަޔަކު އުގެއިލުގެ މިގޮވާލުން ބަލައިގަންނަ ކަން ކޮމެންޓް ތަކުން ހާމަވެއެވެ.
އުގެއިލުގެ ސްޓޭޓަސް އަށް ކޮމެންޓް ކުރި އެކަކު ނުސީދާ ގޮތުން ފާހަނގަކޮށް ފައިވަނީ ދިވެހި ބަހުގައި “މުއާމަލާތު” އަދި “މުއާސަލާތު” މިދެބަސް ބޭނުންކުރާ ގޮތަށް ބަލާއިރު އުގެއިލް ބޭނުންކޮށްފައި ވަނީ ރަނގަޅު ބަސް ނޫން ކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ. އެހެން ބައިވެރިޔަކު އުގެއިލުގެ ވާހަކަ ދިފާއު ކުރަމުން ބުނެފައި ވަނީ އުގެއިލުގެ އަމާޒަކީ ދިވެހި ދުވަސް ފާހަނގަ ކުރާއިރު ދިވެހި ބަހުން މުއާސަލާތު ކުރުން، އަދި ބަހުގެ އިލްމީ މަސައްކަތް އެދުވަހު ވަކިން ޚާއްސަކޮށް އިސްކޮށް އެހެން ކަންތައްތައް އެއަށް ވުރެ ކުރިއަށް ނުނެރުމަށް ކަމަށެވެ.
އިތު އެހެން މީހަކު ބުނެފައި ވަނީ “ތިވަރުގެ ބުއްދިއެއް ހުރި މީހުން މަދީ ހަމަ. މިހާރަކަށް އައިސް ދިވެހިން ކުރާ ކޮންމެ ކަމެއް މިކުރަނީ މަންޒަރު ރީތިކޮށް އަރިއަރިއަށް ފޮޓޯ ނަގަން” ކަމަށެވެ.
ސައިންސްގެ ދާއިރާއިން ހުރި ހަމައިކެނި ދިވެހި ޕްރޮފެސަރ އުގެއިލް ވަނީ ދާދި ފަހުން “ސިއްޙީ ހަދިޔާ” ގެން ނަމުގައި ސިއްހީ ކަންކަމަށް އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ސިޙީ މައުލޫމާތުގެ ފޮތެއް ނެރެ ހިލޭ ދިވެހިންނަށް ބަހާފައެވެ. އަދި މިހާރު ވެސް އެފޮތް ހިލޭ ކޮންމެ ދިވެއްސަކަށް ކޮޕީއެއް މަގުން ސޮނީ ހާޑްވެއަރއިން ލިބެން އެބަހުއްޓެވެ.
މީގެ އިތުރުން ވެސް އުގެއިލަކީ ދިވެހި ރާއްޖެގައި ސައިންސްގެ ތަހުލީތައް ކުރާއްވަމުން ގެންދަވާ އަދި ދިވެހި ކޮލެޖްތަކާއި ސްކޫލުތަކުގައި ދިވެހިންނަށް ހިލޭ ސާބަހަށް އޭނާގެ ފަންނީ ޚިދުމަތް ދެއްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަނގަ ކޮށްލަން ޖެހެއެވެ.



ޚިޔާލުތައް