ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައް ސިޓީ މެދުދާއިރާގެ މެމްބަރު ހުސޭން މުހައްމަދު ދީދީ ދާއިރާގެ ރައްޔިތުންނާއިއެކު ބާއްވާ ފުރަތަމަ އާއްމު ބައްދަލުވުމަށް ތައްޔާރުވެއެއްޖެ އެވެ.
ޖަޒީރާ ފުވައްމުލައް ތީމުގެ ދަށުން “ރައްޔިތުންގެ މަންދޫބު ރައްޔިންނާއި ބައްދަލް ކެރުން” މިސުރުޚީގައި ހުސޭން މުހައްމަދު އާއްމު ކުރައްވާފައިވާ ނޯޓިހުގައި ވާގޮތުން މާދަމާ، 1 އޯގަސްޓް ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:30ގައި ފުވައްމުލަކުގެ މެދުދާއިރާގެ ރައްޔިތުންނާއި އެކު އޭނާ ބައްދަލު ކުރައްވާނެއެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ.
މަޖުލިސް ކެމްޕޭނުގައި އެޖެންޑާ 19ގައި ހިމެނިގެން ރައްޔިތުންނާއި ކޮންމެ މަހަކު އެއްފަހަރު މަޖުލިސް މެންބަރު ބައްދަލުކުރަން ހުށަހެޅުނެވެ. ނަމަވެސް އެކަން ހަގީގަތަކަށް ވާނީ މަޖުލީސް މެންބަރުންގެ ގަވާއިދު އެގޮތަށް އިސްލާޙު ވުމުންނެވެ. އެކަން އަދި މަޖުލީހުން ނުނިމެއެވެ. ކޮންމެ މަހަކު އެއްފަހަރު ބައްދަލުކުރެއްވުމަކީ ނާދިރުކަމެއް ކަމަށާއި އެކަން މަޖުލީހުގެ ކޮންމެ ދައުރަކު އެއްފަހަރު ބައްދަލުކުރާ ގޮތަށް ބަދަލުގެނައުމަށ ްވެސް ހުސަހެޅިގެން ވާހަކަ ދެކެވުނެވެ.
މިގެ އިތުރުން މެންބަރުގެ ދާއިރާގައި މެންބަރުގެ ފަރާތުން މައުލޫމާތު ބަދަލުކުރުމަށް ނުވަތަ މެންބަރާއި ގުޅުމަށް އޮފީހެއް ގާއިމުކުރުމަށް ވެސް އެޖެންޑާ 19ގައި ހިމަނާފައި ވެއެވެ. ނަމަވެސް ފުވައްމުލައް ސިޓީގެ އެއްވެސް މެމްބަރަކު ދާއިރާގައި އޮފީހެއް ހެދިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.
ހުސޭން ނޫނީ މިގޮތަށް ރައްޔިތުންނާއި ފުވައްމުލައް ސިޓީގެ އެހެން މެންބަރަކު އަދި ބައްދަލުކުރައްވާފައެއް ނުވެއެވެ. ހުސޭންގެ މިއިސްނެގުމަކީ ފަހަރުގައި މިކަމުގެ ފެށުން ކަމަށް ވެސް ވެދާނެއެވެ.
އެމްޕީ ހުސޭން ހިމެނެނީ މަޖުލީހުގައި އާއި މަޖުލީހުގެ ކޮމެޓީ ޖަލްސާތަކުގައި ރައްޔިތުންގެ އަޑު އިއްވުމަށް ކެރޭ އަދި އެކަން ބަރާބަރަށް ކުރައްވަމުން ގެންދަވާ މެންބަރެއްގެ ގޮތުގައެވެ.
ހުސޭންގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި ގިނަބަޔަކު މިބައްދަލުވުމަށަ އައުމަށް އެދި ފައެވެ.
ޚިޔާލުތައް