އަޅުގަނޑުމެން އެންމެނަށް ވެސް ދުންފަތުގެ އިސްތިއުމާލް ކުރުމަކީ އިންސާނާގެ ހަށިގަނޑަށް ކިހާ ގެއްލުންދެނިވި ނުރައްކާތެރިކަމެއް ކަން އެގެއެވެ.ދުންފަތުގެ އިސްތިއުމާލުކުރުމުން އުމުރު ކުރުވާކަމާއި ފުއްޕާމޭގެ މައްސަލަ ޖެހުމާއި އެކި ބާވަތުގެ ކެންސަރާއި އަދިވެސް އެހެނިހެން ބަލިތަށް ޖެހުމަށް މަގު ފަހިވާކަން އެގެއެވެ.
ދައްކަން މި އުޅެނީކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކުރާ ނެދެވޭ އަސަރުގެ ވާހަކައެއް ނޫނެވެ . އަޅުގަނޑުމެން ކޮންމެ ދުވަހަކު ކެއިން ބުއިމުގައި ބޭނުންކުރާ ހަކުރު ގެ ވާހަކައެވެ. ދުނިޔޭގައި މިހާތަނަށް ކުރި އެތަކެއް ދިރަސާއަކުން ދައްކާގޮތުގައި ހަކުރު ބޭނުންކުރާ މިންވަރާއި އަދަޔާއި ހިލާފަށް ފަލަވުން ވަނީ ގުޅިފައިއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ގޮތަށް އަދަޔާ ހިލާފަށް ފަލަވެފައިވާ 17 މިލިއަން މީހުން އަހަރެއްގެ މައްޗަށް މަރުވަމުންދެއެވެ .
މިގޮތަށް މަރުވާ މީހުންނަކީ ހަމައެކަނި އަދަޔާހިލާފަށް ފަލަވުމުގެ ސަބަބުން މަރުވާ ބައެއް ނޫނޭވެ .މިފަދަ މީހުން މަރުވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހަށިގަނޑުގެ ބަރުދަން ހުންނަން ޖެހޭވަރަށް ވުރެ ބަރުކޮށް ހުރުމުގެ ސަބަބުން ހަކުރު ބަލި އައި ހިތުގެ ބަލިތަކުގެ އިތރުން ބައެއް ވައްތަރުގެ ކެންސަރު ޖެހުމުގެ ސަބަބުންނެވެ. އަދި ހަކުރު ބަލިއާއި ހިތުގެ ބަލިތަށް ޖެހުމަށް މެދުވެރިވާ ސިދާ ސަބަބަކީވެސް ހަކުރެވެ. އެހެންކަމުން ހަށިގަނޑުގެ ބަރުދަން ހުންނަން ޖެހޭވަރަށް ހުންނަ މީހުންވެސް ، ހަކުރު ބޭނުންކުރާ ނަމަ މިފަދަ ބަލިތަށް ޖެހުމަށް މަގުފަހިވެއެވެ .
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ފަދަ ބަލިތަކުގައި އަހަރެއްގެ މައްޗަށް މީހުން މަރުވާ އަދަދަށް ބަލާކުމަގައި ވާނަމަ އަދަޔާ ޙިލާފަށް ފަލަވުމުގެ ސަބަބުން 17 މިލިއަން މީހުން، ހިތުގެ ބަލިތަކުގެ ސަބަބުން 17 މިލިއަން މީހުން އަދި ހަކުރު ބަލީގައި 4 މިލިއަން މީހުން މަރުވެއެވެ .މި އަދަދުތަށް އެއްކޮލާއިރު އަހަރެއްގެ މައްޗަށް ޖުމްލަ 38 މިލިއަން މީހުން ހަކުރު ބޭނުންކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން މަރުވެއެވެ .
މި އަދަދު ތަކުން އެގި ހާމަވާގޮތުގައި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން މީހުން މަރުވާ އަދަދުގެ 3 ގުނަ އިތުރަށް ހަކުރު ބޭނުންކުރުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ގިނައެވެ.
ދުންފަތުގެ އިސްތިއުމާލް ކުރުމުން ހަށިގަޑަށް ނޭދެވޭ އަސަރު ވަރަށް އަވަހަށް ކުރެއެވެ.އަދި އެކަމުގެ ސަބަބުން ފުރާނައަށް ގެއްލުންވާނެކަންވެސް އެގެއެވެ އެއާއި ހިލާފަށް ހަކުރު ބޭނުން ކުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ލިބޭ ގެއްލުން ފާހަގައެއް ނުކުރެވޭނެއެވެ. އެ ގެއްލުންތަށް ވާނީ މަޑުމަޑުންނެވެ.
އެހެންކަމުން ވަގުތު ފާއިތުވުމުގެ ކުރީން އަޅުގަނޑުމެންގެ ކެއިންބުއިން ހަކުރާއި ނުލައި ފުރުޖައްސާލުމަށް އަޒުމު ކަނޑައަޅަމާތޯ ؟ އަދި އަޅުގަނޑުމެންގެ ދަރީންނަށް މެޓާ ފަދަ ފޮނިއެއްޗެހި ދިނުން ހައްޓާލަމާތޯ ؟ އެނާރޖީ ޑްރިންކް ފަދަ ބުއިންތަށް ބުއިން އެކޮއް ހުއްޓާލާށެވެ.
ޚިޔާލުތައް