އެފްއޭއެމް އަތޮޅު މުބާރާތުގެ ފުވައްމުލަކުގެ ޗެމްޕއަންކަން ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ ހޯދައިފިއެވެ.
މިއަދު ކުޅުނު ފައިނަލް މެޗްގައި ދޫނޑިގަމް އަވަށުގެ ފުވައްމުލަކު ސްޕޯޓްސް ކުލަބާއި ބައްދަލުކޮށް ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޖަހައިގެން 3-4 އިން ނެވެ.
ފައިނަލްމެޗްގެ ފުރަތަމަ ހާފްގައި ދަޑިމަގު ޓީމުން ލަނޑެއް ޖަހާފައި ވަނިކޮށް ދޫނޑިގަމުން ނަތީޖާ ހަމަހަކުރީ މެޗްގެ ދެވަނަ ހާފްގެ އެންމެ ފަހު ވަގުތުކޮޅުގައި ލިބުނު ހިލޭޖެހުމެއްގައެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ ދޫނޑިގަމަށް ގޯލް ކާމިޔާބުކޮށްދިން އަހްމަދު ޝިފާއު (ބުޗާ) ޖ.7 އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާގެ އަހްމަދު އަރީޝް ޖ.11 އެވެ. އެންމެ މޮޅު ކީޕަރަކީ ދޫނޑިގަން ޓީމްގެ އަޒުމީ އަބްދުއްރަހްމާން އެވެ. ފެއަރޕްލޭ ޓީމަކީ ދިގުވާނޑު އައިލެންޑް ޖޫނިއަރސް އެވެ.
މިއީ އަހަރު ތަކަކަށްފަހު ފުވައްމުލަކުގައި ބޭއްވި އަތޮޅު ފުޓްބޯޅަ މުބާރާތެކެވެ. މި އަދު ފައިނަލްގައި ކުޅުނު ދެ ޓީމްވަނީ ޒޯން 8 ގައިކުޅުމަށް ހޮވިފައެވެ. ޒޯން 8ގައި ދެން ހިމެނެނީ އައްޑޫ ސިޓީއިން ފައިނަލަށް ހޮވޭ ދެ ޓީމެވެ. ޒޯން ކުޅޭނެ ރަށެއް އަދި މުޅިން ހަމަޖެހިފައިނުވާ ކަމަށް ޓީމްތަކުން ބުނެއެވެ.
އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ދަޑިމަގު ހޯދައިފި
އަހުމަދު ނިޖާހް
21/10/2014 - 21:54
+1
+1
ޚިޔާލުތައް