ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 2018 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް އާމިނަތު ސަމްހާ ސައީދު، މާޒީ، ޏ.ފުވައްމުލައް އެވެ.
ރޭ ބޭއްވުނު ޏ.އޭއީސީގެ 2018 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާ އެމަރުކަޒުގެ ހޯލުގައި ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބުﷲ ރަޝީދެވެ. ޑރ. އަބްދުﷲ ރަޝީދަކީ އެމަރުކަޒުގެ ކުރީގެ މުސްކުޅި ދަރިވަރެކެވެ. ޓީޗަރެކެވެ. އަދި އެސްކޫލުގެ ޕްރިންސިޕަލެއް ވެސް މެއެވެ.
މި ޖަލްސާގައި އެމަރުކަޒުން ފާއިތުވި އަހަރު ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން، ޓްރޮފީ އަދި ސޭޝް ދީފައި ވެއެވެ.
އެމަރުކަޒުން 2018 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު 3 ވަނަ އަށް ހޮވިފައި ވަނީ:
- އާމިނަތު ސަމްހާ ސައީދު، މާޒީ / ދަޑިމަގު
- މަރިޔަމް އިޝާ އަކްރަމް، ދިރިމާގެ / ހޯދަޑު
- މުހައްމަދަ އައްޒާމު އަފީފު ދަހަރާގެ / ދަޑިމަގު
- އަހުމަދު ޝުމައިސް އަބްދުﷲ ނައީމު، ހޭޅި / ހޯދަޑު
ހުރިހާ ގޮތަކުން އެންމެ ރަގަޅު ދަރިވަރަކަށް ހޮވުނު ސަމްހާއަށް ރައިސުލް ޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ފިލާއާއި ޏ.އޭއީސީން ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ އަދި ސޭޝް، ބޭންކް އޮފް މޯލްޑިވްސް އިން ފައިސާގެ ގްފްޓް ކާޑު، ދިރާގުން ޓްރޮފީ، ފުވައްމުލަކު ސިޓީ ކައުންސިލުން ޓްރޮފީ އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޓްރޮފީ ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާނު ޑރ. އަބްދުﷲ ރަޝީދެވެ.
ހުރިހާ ގޮތަކުން އެންމެ ރަނގަޅު 2 ވަނަ އަދި 3 ވަނައަށް ޏ.އޭއީސީން ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ އަދި ސޭޝް، ބޭންކް އޮފް މޯލްޑިވްސް އިން ފައިސާގެ ގްފްޓް ކާޑު، ދިރާގުން ޓްރޮފީ އަދި ފުވައްމުލަކު ސިޓީ ކައުނސިލުން ޓްރޮފީ ވަނީ ދީފައެވެ.
މި 4 ދަރިވަރުންގެ ތެރެއިން އޭލެވެލް ގެ ގަދަ 10 ގެ 5 ވަނަ އައްޒާމަށް ލިބިފައިވާއިރު އިޝާއަށް 9 ވަނަ އަދި ޝުމައިސް 10 ވަނާގައި ހިމެނިފައި ވެއެވެ. އޭލެވެލްގެ ގައުމީ ގަދަ 10 ގައި ހިމެނުނު މި 3 ދަރިވަރުންނާއިއެކު ގަދަ 10ގެ 5ވަނަ އިން 10 ވަނަ އާއި ދޭތެރޭގައި ޏ.އޭއީސީގެ 8 ދަރިވަރަކު ހިމެނިފައި ވެއެވެ.
ފާއިތުވި އަހަރު އެ ސުކޫލުގެ ސެކަންޑަރީ ގްރޭޑްތަކުން އެންމެ މޮޅު ދަރިވަރަކީ ރުވާއު އެވެ. މީގެ އިތުރުން ވެސް އެކި ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުން ރޭގެ ޖަލްސާގައި އޮތެވެ.
ޚިޔާލުތައް