ފުވައްމުލައް ސިޓީ ސްޓޭޑިއަމްގައި މިހާރު ކުރިޔަށްދާ ފުވައްމުލައް ޔޫތު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގައި މިއަދު ކުޅުނު ދެމެޗު ކާމިޔާބުކޮށް އެފްސީ ދަޑިމަގު ޓީމާއި މިސްކިތްމަގު އެންމެންގެ ގުޅުން ފައިނަލަށް ހޮވިއްޖެއެވެ.
މިއަދު ހަވީރު ކުޅެވުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރީ އެފްސީ ދަޑިމަގު ޓީމާއި އެފްސީ ދޫނޑިގަލޯނާގެ ޓީމެވެ. މިމެޗު 6-1 ން ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ހޯދީ އެފްސީ ދަޑިަމގު ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދަޑިމަގު ޓީމުގެ ޖާރޒީ ނަމްބަރު 7 އަހުމަދު ނަބީލެވެ. މިއީ ގްރޫޕް 3 ގެ ދެޓީމެވެ. މިދެޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުވެސް 7-0 ން ކާމިޔާބުކުރީ އެފްސީ ދަޑިމަގު ޓީމެވެ.

ފވމ ޔޫތު ފުޓްސަލް މުބާރާތް 2019، މެޗު 17: އެފްސީ ދޫނޑިގަލޯނާ 1-6 އެފްސީ ދަޑިމަގު
މިއަދު ކުޅެވުނު ދެވަނަ މެޗުގައި ބައްދަލުކުރީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމާއި ދޫނޑިގަލޯނާ ޖޫނިއަރ ޓީމެވެ. މިމެޗު 6-3 ން ކާމިިޔާބުކޮށް ފައިނަލުގެ ޖާގަ ހޯދީ މިސްކިތްމަގު އެންމެގެ ގުޅުން ޓީީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ، މިސްކިތްމަގު އެންމެގެ ގުޅުން ޓީީމުގެ ޖާރޒީީ ނަމްބަރު 10 އަލީފް އަޙުމަދު އެވެ.

ފވމ ޔޫތު ފުޓްސަލް މުބާރާތް 2019، މެޗު 18: ދޫނޑިގަލޯނާ ޖޫނިއަރ 3-6 މިސްކިތްމަގު އގ.
ޖުމްލަ 12 ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މާދަމާ ނޫން އަނެއް ދުވަހު، 3 ނޮވެމްބަރުގައެވެ. ފައިނަލް މެޗު ފަށާނީ ހަވީރު 4:00 ގައެވެ. ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް އިނާމާއި ޓްރޮފީ ދިނުން އޮންނާނެވެ.
މި މުބާރާތުގައި ހޮވާ ވަނަތަކަކީ ޗެމްޕިއަން ޓީމު ރަނަރަޕް ޓީމު، މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން، އެންމެ ގިނަ ގޯލުޖަހާ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު އެވެ.

ފވމ ޔޫތު ފުޓްސަލް މުބާރާތް 2019، މެޗު 18: ދޫނޑިގަލޯނާ ޖޫނިއަރ 3-6 މިސްކިތްމަގު އގ.



ޚިޔާލުތައް