A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އަތޮޅު ކައުންސިލުން ވެޓެރަންސް ފުޓްސެލް މުބާރާތެއް ބާއްވަނީ

އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މިދިޔަ މާޗްމަހު ކުރިއަށް ގެންދިޔަ އަންހެނުންގެ ފުޓްސަލް މުބާރާތުގެ ތެރެއިން

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ސްޕޯރޓްސް ކައުންސިލުން އިންތިޒާމްކޮށްގެން “ވެޓެރަންސް ފުޓްސެލް މުބާރާތް 2016” ގައި ނަމުގައި 35 އަހަރުންމަތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ފުޓްސެލް މުބާރާތެއް ބޭއްވުމަށް ނިންމަވައި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުލައި 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިފުޓްސެލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮފީސްތަކާއި އަވަށްތަކުގެ ޓީމުތަކަށެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 10 ކުޅުންތެރިންގެ ޓީމު ލިސްޓެއް ޖުލައި 3 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އަތޮޅު ކައުންސިލްގެ އިދާރާ އަށް ހުށަހެޅުމަށް އެކައުންސިލުން ކުރި އިއުލާނެއް ގައި ބުނެފައިވެއެވެ. 

މިމުބާރާތް އަމާޒުކޮށްފައި ވަނީ 35 އަހަރުން މަތީ ކުޅުންތެރިންނަށް ކަމަށްވިޔަސް ކޮންމެ ޓީމެއްގެ ޓީމު ލިސްޓުގައި 35 އަހަރުން ދަށުގެ ދެ ކުޅުންތެރިން ހިމެނިދާނެއެވެ. ނަމަވެސް އެއްފަހަރާ ދަނޑުމަތީގައި ހަރަކާތްތެރިވެވޭނީ 35 އަހަރުން ދަށުގެ އެންމެ ކުޅުންތެރިއަކަށް ކަމަށް މިމުބާރާތުގެ ގަވާއިދުގައިވެއެވެ. 

ފުޓްސަލް ގަވާއިދަށް ކުޅެވޭ މިމުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މަދުވެގެން 3 ޓީމު ބައިވެރިވެއްޖެނަމައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !