A wide advertisement which will be shown on all devices. (700 x 100)

ފްރާންސާއި ޖަރުމަން އަދި ބެލްޖިއަމް ކުއަރޓަރ ފައިނަލަށް

ބެލްޖިއަމް ހަންގޭރީ މިރެ ބައްދަލުކުރި މެޗުގައި ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ ގެ ހަމަލާއެއް ހަންގޭރީގެ ގޯލަށް އަމާޒުވެވައި. ފޮޓޯ: ގާޑިއަން

ޔޫރޯ 2016ގައި މިރޭ ކުޅެވުނު ދެވަނަ ބުރުގެ މެޗުތަކުން މޮޅުވެގެން ފްރާންސާއި ޖަރުމަން އަދި ބެލްޖިއަމް ކުއާރޓަރ ފައިނަލަށް ދަތުރުކޮށް ފިއެވެ. ޔޫރަޕްގެ ފުޓުބޯޅައިގެ ގަދަ ތިން ބާރުގެ ތެރެއިން ފްރާންސް ކުއާރޓާރ ފައިނަލުން ޖާގަ ހޯދީ ރިޕަބްލިކް އޮފް އަޔަރލޭންޑްގެ މައްޗަށް 2-1ން ކުރި ހޯދައިގެންވެ. ޖަރުމަނުން ކްއަރޓާރ ފައިނަލުގެ ޖާގަ ހޯދީ 3-0ން ސްލޮވާކިއާ ބަލިކޮށްގެންނެވެ. އަދި ބެލްޖިއަމުން ކުއާޓަރ ފައިނަލުގެ ޖަގަ ހޯދީ ހަންގޭރީގެ މައްޗަށް 2-0 ން ކުރި ހޯދައިގެންނެވެ.

ފްރާންސް 2 – 1 ރިޕަބްލިކް އޮފް އަޔަރލޭންޑް

ގިނަބަޔަކު ލަފާކުރި ގޮތަށް މުބާރާތް ބޭއްވޭ ފްރާންސުން ވަނީ އަޔަރލޭންޑްގެ މައްޗަށް ވަރުގަދަ ފުޓުބޯޅައެއްކުޅެ މެޗުން 2-1ން މޮޅުވެފައެވެ. މެޗުގެ ކުރިން ބެލެވުނުހައި ފަސޭހަކޮށް ފްރާންސް ކޮޅަށް މެޗު އެނބުރިގެން ނުދިޔައީ މެޗުގެ 2 ވަނަ މިނިޓްގައި އަޔަލޭންޑަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް މެޗުގެ ލީޑެއް ލިބުމުންނެވެ. އަޔަލޭްނޑަސ ްލިބުނު ޕެނަލްޓީއަކީ އެއާއި ދެކޮޅަށް ވެސް ވާހަކަ ދެކެވޭ ކަހަލަ ޕެނަލްޓީއެކެވެ. އެހެނީ އަޔަލޭންޑްގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ފްރާންސްގެ ޕެނަލްޓި އޭރިއާތެރެއަށް ވަދެގަން ވަގުތު ފަހަތުން ދިފާއުކުރުމަށް އައި ފްރާންސްގެ ޕޮގްބާގެ ފައިގައި ޖެހުމާއެކު އަޔލޭންޑްގެ ކުޅުންތެރިއާ ޑައިވް ކުރީ ކަަަމަށް ޓީވީ ރިޕްލޭތައް ބަލާފައި ބައެއް ކޮމެންޓޭޓަރުން ފާހަނގަ ކުރިއެވެ. ނަމަވެސް ރެފްރީ ދެއްކީ ޕޮގްބާގެ ފައުލެއް ކަމަށެވެ. އަދި އެއާއިއެކު އަޔަލޭންޑަށް ޕެނަލްޓިއެއްގެ ދިނީއެވެ.

އަޔަލޭންދްގެ މިލަނޑަށްފަހު އެމީހުން މެޗު ހިފަހައްޓާލެވޭތޯ ޑިފެނސްކުރަން ފެށިއެވެ. ނަމަވެސް ފްރާންސްގެ ފޯވަޑުން ކަމުގައިވާ ޕަޔެޓް، ގްރިޒްމަން، ޖިރޫގެ އިތުރުުން މިޑްފިލްޑަރުން ކަމުގައިވާ ޕޮގްބާއާއި އަދި ކާންޓޭގެ ހަމަލާތައް ދިޔައީ އަޔަލޭންޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ފްރާންސުގެ ގިނައަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ހަމަޖެހިލެވުނީ ދެވަނަ ފާހު ފެށިގެ 10 ވަރަކަށް މިނިޓް ފަހުންނެވެ. އެޓީމުގެ ފުރަތަމަ ގޯލު ގްރިޒްމަން ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ވުމުންނެވެ. ފްރާންސްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށް ދިނީ ޖިރޫގެ ޕާހަކުން ގްރިޒްމަން މެޗުގެ 61 ވަނަ މިނިޓްގައެވެ. އެއިގެ އިރުކޮޅެއް ފަހުން އަޔަލޭންޑުގެ ދިފާއީ ކުޅުންތެރިއަކަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ. މެޗުގައި ފްރާންސް ޓީމަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި އިތުރު ގޯލެއް ނުޖެހި މެޗު ނިމިގެން ދިޔައީ 2-1ން މޮޅުވެގެންނެވެ.

މިމެޗުން މޮޅުވެގެން ކުއާރޓާރ ފައިނަލުގައި ފްރާންސު ބައްދަލުކުރަން ޖެހޭނީ މާދަމާ ރޭ އިންގްލޭންޑް އާއި އައިސްލޭންޑް މެޗު މޮޅުވާ ޓީމަކާއެވެ.

ޖަރުމަން 3 – 0 ސްލޮވާކިއާ

ސްލޮވާކިއާގެ މައްޗަށް ޖަރުމަނުން ފަސޭހަ މޮޅެއް ހޯދައި 3-0ން މެޗު ކާމިޔާބުކުރިއެވެ. މެޗުގައި ޖަރުމަނުގެ ފުރަތަމަ ގޯލު ކޯނަރެއްގައި ޑިފެންޑަރު ބޯޓެންގު ކާމިޔާބުކޮށްދިނީ މެޗުގެ 8 ވަނަ މިނިޓްގައެވެ. ގޯލަށްފަހު ކުޑަ އިރުކޮޅެއްގެ ތެރޭގައި ލިބުނު ޕެނަލްޓީ އޮޒިލް ޖެހުމުން ސްލޮވާކިއާގެ ކިޕަރު ވަނީ ދިފާޢުކޮށްފައެވެ. ފުރަތަމަ ހާފުގައި ސާމީ ކަދެރާ އަދި ޓޯނީ ކުރޫސްގެ ހަމަލާތައްކުން ސްލޮވާކިއާގެ ގޯލަށް ނުރައްކާ ކުރިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޖަރުމަނުން ނަތީޖާ 2-0ށް ބަދަލުކުރިއެވެ. މިގޯލު ކާމިޔާބުކޮށްދިނީ މާރޯ ގްޓްޒެގެ ބަދަލުގައި އަލަށް ފުރަތަމަ 11 ށް މިރޭ ނިކުތް މާރިއޯ ގޯމޭޒް އެވެ.

ފްރާންސްގެ ލިލެ ގައި ކުޅުނު މެޗުގެ ދެވަނ ހާފުގައި ޑްރެކްސްލާރ ގެ ގޯލަކުން ނަތީޖާ 3-0ށް ބަދަލުކުރިއެވެ. މުޅި މެޗުގައި ވެސް ސްލޮވާކިއާއަށް އިދިކޯލު ގޯލަށް ފޮނުވާލެވިފައި ވަނީ 7 ހަމަޅާއެވެ. އެއިގެތެރެއިން ގޯލަށްއަމާޒުވީ އެންމެ ދެ ހަމަލާއެވެ.

މިމެޗުން މޮޅުވެގެން ކުއާރޓާރ ފައިނަލުގައި ޖަރުމަން ބައްދަލުކުރަން ޖެހޭނީ މާދަމާ ރޭ އިޓަލީ ސްޕޭން މެޗު މޮޅުވާ ޓީމަކާއެވެ.

ބެލްޖިއަމް 4 – 0 ހަންގެރީ

ހަންގޭރީ ކޮޅަށް މެޗުގެ ކުރީ ކޮޅު ގޯލެއް ވަނުމުން ހަންގޭރީގެ އަސްލު ދިފާޢީ ކުޅުން ކުޅެން މިމެޗުގައި ފުރުސަތެއް ނުލިބުނެވެ. ހަނގޭރީއަށް މަޖުބޫރުވީ މިޗުގެ ނަތީޖާ އެހެން ގޮތަކަށް ބަދަލުވޭތޯ ކުރިއަށް ޖެހިލައިގެން ކުޅޭށެވެ. ނަތީޖާއަކަށްވީ ދެޓީމުން ވެސް ހަމަލާތައް ދިނުމަށް އިސްކާންދީގެން ކުޅެން ފެށުމެވެ. އެއާއެކު ކޯޗު މާކް ވިލްމޯސްގެ ބެލްޖިއަމް ޓީމުގެ މޮޅުކުޅުން ދައްކާލުމަށް މިރޭ ލިބުނު ފުރުސަތު އެޓީމުން ވަރަށް ފުރިހަމައަށް ބޭނުން ކުރިއެވެ.

ބެލްޖިއަމަށް ފުރަތަމަ ހާފުގައި އެންމެ ގޯލެއް ކާމިޔާބު ކުރެވުނު ކަމުގައިވިޔަސް އެޓީމުގެ ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ މުބާރާތުގައި ކުޅޭ އެންމެ ދޮށީ ކުޅުންތެރިޔާ އަދި ގޯލް ކީޕާރު ހަންގޭރީގެ ކިރާލީއެވެ. ދެވަނަ ހާފުގައި ބެލްޖިއަމުން އިތުރު 3 ގޯލު ޖަހަިއ ނަތީޖާ 4-0 ށް ބަދަލުކުރިއެވެ. މުޅި މެޗުގައި ވެސް ބެލްޖިއމަގެ ވިންގާ އެޑިްނ ހެޒާޑްގެ މޮޅުކުޅުން ފެނިގެން ދިޔައެވެ. އެނާ ވަނީ ވަރަށް ފުރިހަމަ ގޯލެއް ވެސް ކާމިޔާބުކޮށްދީފައެވެ.

މިރޭގެ މޮޅާއެކު ބެލްޖިއަމުން ކްއާރާޓަރ ފައިނަލުގަިއ ބައްދަލުކުރާނީ ވޭލްސް އާއިއެވެ.

މާދަމާރޭ ކުޅެވޭ މެޗުތައް

ސްޕޭން Vs އިޓަލީ ހަވީރު 6:00 ގައި،

އައިސްލޭންޑް Vs އިންގްލޭންޑް ރޭގަނޑު 9:00 ގައި،

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !