A wide advertisement which will be shown on all devices. (700 x 100)

ސެމީގެ ފުރަތަމަ ޖާގަ ޕޯޗުގަލް އަށް

ރޭ ޕޮލެންޑާއި ކުޅެ 1-0 އެވަރުވުމުން ޕެނަލްޓީގައި 3-5ން ކުރި ހޯދައި ސެމީގެ ޖާގަ ހޯދި ޕޮޗުގަލް ޓީމު އުފާ ފާޅުކުރަނީ. ފޮޓޯ" ގެޓީ އިމޭޖްސް

ފްރާންސްގައި މިހާރު ކުރިޔަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރޭ ކުޅެވުނު ކުއާރޓަރ ފައިނަލް ފުރަތަމަ މެޗު 1-1 ން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ޕޮލެންޑުގެ މައްޗަށް ޕޯޗުގަލްއިން ކުރި ހޯދައިފިއެވެ. ޕޯޗުގަލްއިން ޕެނަލްޓީގައި ކުރި ހޯދީ 5-3ން ނެވެ. މިމޮޅާއެކު ޕޮޗުގަލް ވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީފައިލަށް 4 ވަނަ ފަހަރަށް ދަތުރުކޮށްފައެވެ.

ރޭ ފްރާނެސްގެ ދެކުނުން މާސޭގައި ކުޅެވުނު މެޗުގެ ލީޑު ޕޮލޭންޑުން ނެގީ މެޗުގެ 2 ވަނަ މިނިޓްގައެވެ. ޕޮލެންޑުގެ ހުރިހާ އުއްމީދަކާއި ގުޅިފައިވާ ކެޕްޓަން ރޮބަރޓް ލެވެންޑޮސްކީ މިގޯލު ކާމިޔާބުކޮށް ދިނީ އެޓީމުގެ ރޮސިސްކީ ނަގައިދިން ހުރަހަކުންނެވެ. ބޮޑަށް ޑިފެންސިވުކޮށް ކުޅެމުންދިޔަ ޕޮލެންޑުން ހަމަލާއަށް އަރާފައިވަނީ މުޅިން ހެން ވެސް ކައުންޓަރ އެޓޭކުގައެވެ.

ޕޯޗުގީޒަށް ނަތީޖާ ހަމަހަމަކޮށް ދިނީ ނާނިގެ ހުރަހަކުން އެޓީމުގެ ޒުވާން ފޯވަޑް ރޮނޭޓޯ ސަންޗޭޒްއެވެ. އޭނާ މިގޯލު ކާމިޔާބުކޮށް ދިނީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނާތްފަރާތު ކަނަށް ވަައްދާލައިގެނެނެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް މެދުތެރެއިން ދައްކަމުން ދިޔަ ރޮނޭޓޯ އަކީ ރޮނަލްޑޯގެ ތަރި އޮހެމުން ދާއިރު ޕޯޗުގީޒުން އަރަމުން އަންނަ ތަރިއެކެވެ. އަށާރަ އަހަރުގެ ރޮނޭޓޯ ވަނީ އަންނަ ސީޒަނަށް ޖަރުމަނުގެ ބެޔާން މިޔުނިކަށް 25 މިލިޔަން ޔޫރޯއަށް ކޮންޓްރެކް ހަދާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ރޮނޭޓޯއެވެ.

ރޭގެ މެޗުގައި ރޮނަލްޑޯގެ ދެ ދެތިން ހަމަލާއެއް އިދިކޮޅު ގޯލަށް ފޮނުވަލިއެވެ. ނަމަވެސް މާމޮޅު ކުޅުމެއް އޭނާއަށް ދެއްކިފައެއް ނުވައެވެ. ޕޮލެންޑްގެ ފޯވަޑް މިލިކުގެ ހަމަލަތަކެއް ވެސް މެޗުން ފާހަގަވިއެވެ. މުޅިމެޗުގައި ޕޮލޭންޑުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ކަމުގައި ވިޔަސް ގިނަ ހަމަލާތައް ދީފައި ވަނީ ޕޯޗުގީޒުންނެވެ.

ރޭގެ މެޗުގައި ޕޯޗްގީޒުގެ ރޮނަލްޑޯ، ރޮނޭޓޯ، ޖައޯ މާޓީނިއޯ، ނާނި އަދި ކަރިސްމާ ގެ ޕެނަލްޓީ ކާމިޔާބުކުރިއެވެ. ނަމަވެސް ޕޮލެންޑުގެ 4 ވަނަ ޕެނަލްޓީ ނާކާމިޔާބު ވިއިރު މިލިކު އަދި ލެވެންޑޯސްކީގެ ޕެނަލްޓީ ކާމިޔާބުކުރިއެވެ. ޕޯޗުގަލްގެ އެންމެ ފަހު ދެމެޗުގައި ވެސް ބަތަލަކަށް ވީ ބަދަލު ކުޅުންތެރިޔާ ކަރިސްމާއެވެ. އޭނާ ވަނީ ދެވަނަ ބުރުގައި ކޮރޮއޭޝިއާގެ މައްޗަށް 1-0ން ކުރި ހޯދި ގޯލު އިތުރަށް ކުޅުނު ދެހަފުގެ ތެރެއިން ވެސް ފަހު ހާފު ނިމެން ދެމިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދީ ޓީމު ކުއާޓާރ ފައިނަލަށް ގެންގޮސް ދީފައެވެ. އަދި ރޭގެ ފަހު ޕެނަލްޓީ ކާމިޔާބުކޮށްދީގެން ސެމީގެ ޖަގަވެސް ޔަގީން ކޮށްދީފައެވެ.

މިދެޓީމު މީގެ ކުރިން ބައްދަލުކުރި 5 ފަހަރުގެ ތެރެއިން 2 ފަހަރު ޕޮލެންޑު މޮޅުވެފައިވާ އިރު 1 ފަހަރު ޕޯޗުގަލް މޮޅުވެފައި ވެއެވެ. އަނެއް ދެމެޗު ނިމިފއި ވަނީ އެއްވަރުވެގެންނެވެ.

ސެމީފައިނަލުގައި ޕޯޗުގަލް އަށް ކުޅެން ޖެހޭނީ މިރެ ބައްދަލުކުރާ ވޭލްސް ބެލްޖިއަމް މެޗުން މޮޅުވާ ޓީމަކާއިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !