A wide advertisement which will be shown on all devices. (700 x 100)

އެތުލެޓިކްސް މުބާރާތަށް އޮފިޝަލުން ހޯދަނީ

ޏ.އެއީސީގެ އެތުލެޓިކްސްޓީމުގަިއ ގައުމީ ފެންވަރުގެ އެތުލީޓުން ހިމެނޭ. ފޮތޯ ޏ.އޭއީސީ

މި ޖުލައިމަހު ފަހުކޮޅު ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތަށް އޮފިޝަލުން ހޯދުމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން އިއުލާން ކޮށްފިއެވެ. މިމުބާރާތުގެ އެކިއެކި ކަންކަމުގައި މުބާރާތް އިންތިޒާމުކުރާ ފަރާތާއެކު މަސައްކަތް ކުރުމަށް ހޯދަން އިއުލާން ކޮށްފައި ވަނީ 40 އޮފިޝަލުންނެވެ.

އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކަކީ އުމުރުން 17 އަހަރު ވެފައިވާ ފަރާތްތަކަށް ވާންޖެހޭ ކަމަށާއި އެފަރާތްތަކަށް ކަމާއި ގުޅޭ ތަމްރީނު ދެވޭނެކަމަށް ވެއެވެ. އަދި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މުބާރާތުގައި ބޭނުންކުރާ ޔުނިފޯމު ނުވަތަ ޖާރޒީ (ޓީޝާޓު) އާއި ސައި ލިބޭނެކަމަށް ވެއެވެ. އަދި މުބާރާތް ނިމުމުން ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ (10 ޖުލައި) ދުވަހުގެ މެންދުރު ފަހު 2 ގެ ކުރިން ފުވައްމުލަކު އަތޮޅު ކައުންސިލުގައި ނަން ނޯޓުކުމަށް އެދިފައި ވެއެވެ. ނަން ނޯޓުކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް އެކައުންސިލް އިދާރާގެ ފޯން ނަމްބަރު 6865001 އަށް ގުޅުވުމަށް އެދިފައި ވެއެވެ.

އެތުލެޓިކްސް މުބާރާތްތަކަކީ ވަރަށް ފޯރިއާއެކު ފުވައްމުލަކުގެ ސްކޫލްތަކުގެ މެދުގައި ކުރިޔަށް ގެންދެވޭ މުބާރާތްތަކެކެވެ. މިމުބާރާތުގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސްކޫލްތަކުން ޓީމުތައް ބައިވެރިވާނެ ކަމަށް ވައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !