A wide advertisement which will be shown on all devices. (700 x 100)

ދޫނޑިގަން އެކުވެރި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މިސްކިތްމަގު ޓީމަށް

ދޫނޑިގަން އެކުވެރި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި މިސްކިތްމަގު ޓީމު. ފޮޓޯ: މިސްކިތްމަގު އެންމެންގެ ގުޅުން

ދެކުނު ދާއިރާގެ ފުޓްސަލް ދަނޑުގައި ރޭ ކުޅެވުނު ދޫނޑިގަން އެކުވެރި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މިސްކިތްމަގު ޓީމު ހޯދައިފިއެވެ. ފައިނަލް މެޗުގައި ހޯދަޑު ހަވިއްތަ ޓީމާއި ބައްދަލުކޮށް މިސްކިތްމަގު އެންމެންގެ ގުޅުން ޓީމު މޮޅުވީ 6-4 ން ނެވެ. ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން ބޭއްވި މިމުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ ޖޫން 15 އިން ފެށިގެން 7 ޖުލައިގެ ނިޔަލަށެވެ.

މިމުބާރާތް ހުޅުވާލެވިފައި ވަނީ 35 އަހަރުން މަތީގެ، ކޮންމެ އަވަށަކުން އެއްޓީމު، 8 ޓީމަށެވެ. ނަމަވެސް މުބާރާތުގައި ބައިވެރިވީ 6 ޓީމެވެ. އެއީ ދަޑިމަގު، ހޯދަޑު- ހަވިއްތަ،  މާދަޑު- ފިސްޑާ، މިސްކިތްމަގު އެންމެންގެ ގުޅުން، އަދި ދޫނޑިގަމުން ދެޓީމު- ބިޅިފޭށެ އަދި ރަށިކެޑެ ޓީމެވެ.

ދެ ގުރޫޕަށް ބަހާލައިގެން ޕޮއިންޓް ސިސްޓަމަށް ކުޅެ ސެމީ ފައިނަލާއި ފައިނަލް ކުޅޭގޮތަށް ކުރިޔަށް ގެންދިޔަ މިފުޓްސަލް މުބާރާތަކީ ފުވައްމުލަކުގައި ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން އަލަށް ބޭއްވުނު ފުޓުސަލް މުބާރާތެކެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 2000 ރުފިޔާ ކަނޑައެޅިފައިވެއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ މިސްކިތްމަގު ޓީމުގެ އަހުމަދު ޝަފީގު އެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން އަންނަނީ ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން ފުޓުސަލް މުބާރާތެއް މިމަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !