A wide advertisement which will be shown on all devices. (700 x 100)

‘ލާމަސީލު ޒުވާނާ’ ކޭމްޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ލާމަސީލު ޒުވާނާ- ކޭމްޕް 2020

‘ލާމާސީލު ޒުވާނާ’ ގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކޭމްޕް ޚާއްސަ ކުރެވިފައި ވަނީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ނޫކަށިފުރައިގެ ޒުވާނުންނަށެވެ.

ކުރިޔަށް އޮތް 2020 ޖެނުއަރީ މަހު 25-12 އަށް، ފެށިގެން ދެ ހަފުތާގެ މުއްދަތަށް ހިންގޭ މިކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ދ.ވާނީ ގައެވެ. މި ކޭމްޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި ޑިސެމްބަރުމަހުގެ 25 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.

މިއީ ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ހަރުދަނާ ސިފަވަންތަ ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ ޒުވާނާ ބިނާކުރުމަށް ހިންގޭ ހަރަކާތުގެ ދަށުން ހިންގޭ ކޭމްޕެކެވެ. މިކޭމްޕްގައި އަމާޒު ހިފާފައިވަނީ ސަވައިވަލް ސްކިލްސް ނުވަތަ ފުރާނަ ސަލާމަތްކުރުމާއި އަމިއްލަ ނަފުސުގެ ދިފާއުކުރުމުގެ ގޮތުން އެގެންޖެހޭ މުހިންމު ކަންތައްތައް ދަސްކޮށް ދިނުމާއި ވާދަވެރި ޗެލެންޖިން ހަރަކާތްތަކުގައި ތިމަގެ ހުނަރު ތަރައްގީކުރުން ދަސްކޮށްދިނުމާއި ހަރުދަނާ ސިފަވަންތަ ބައެއް އުފެއްދުމައި، ދިނާއި ގައުމަށް ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުމާއި، އުފެއްދުންތެރިކަމަށް ވިސްނާ މަސައްކަތކުގެ އަޚުލާގު ދަމަހައްޓާ ބަޔަކު އުފެއްދުމެވެ.

ލާމަސީލު ޒުވާނާ- ކޭމްޕް 2020

މިޕްރޮގްރާމް ކުރިޔަށް ގެންދަނީ މޯލްޑިްވސް ޕޮލިސް ސާވިސްއާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ގުޅިގެންނެވެ.

މިއާއި ދާދި އެއްގޮތް ތަމްރީނުތަކެއް ފުލުހުން ވަނީ މީގެ ކުރިންވެސް ދ. ވަނީގައި ކުރިޔަށް ގެންގޮސްފައެވެ. އަދި އެއި ވަރަށް ކާމިޔާބުކަމާއެކު ޒުވާނުން ހަރުދަނާކަމާއިކު މުޖުތަމިއަށް ގެނެވުނު ކޭމްޕް ތަކެއް ކަމަށް ފުލުހުން ހާމަކޮށފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !