A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު 5 ވަނަ ޤުރުއާން މުބާރާތް ފެށިއްޖެ!

ރޯސް ލައިން ފުވައްމުލަކު 5 ވަނަ ޤުރުއާން މުބާރާތުގެ ކިޔެވުން މިއަދު ކުރިޔަށްދަނީ

ފުވައްމުލަކު އަތޮޅު ކައުންސިލް އިން އިންތިޒާމްކޮށްގެން ބާއްވާ 5 ވަނަ ޤުރުއާން މުބާރާތް “ރޯސް ލައިން ފުވައްމުލަކު 5 ވަނަ ޤުރުއާން މުބާރާތް ފެށިއްޖެއެވެ.

މިމުބާރަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު (14 ޖުލައި 2016 ) އިން ފެށިގެން 16 ޖުލައި 2016 ގެ ނިޔަލަށް ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އެވެ. މި ފަހަރުގެ މުބާރާތުގައި 110 ދަރިވަރުންނާއި 6 މީހުން، މުޅި ޖުމަލް 116 ބައިވެރިން ބައިވެރިވެފައިވާ ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ ޑިރެކްޓަރ އަޙްމަދު މުހައްމަދު، މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މިފަދަ އެހެނިހެން މުބާރާތްތަކާއި ހިލާފަތް ” ރޯސްލައިން ފުވައްމުލަކު ޤުރުއާން މުބާރާތް” ހިނގަމުންދާ ވަގުތު ކޮންމެ ދަންފަޅިއަކަށް ވަޑައިގަންނަވާ ޙާޒިރީންނާއި އަމާޒުކޮށް 3 ސުވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފައިއެވެ. އަދި ހުށަހަޅާ ސުވާލުތަކަށް ރަނގަޅު ޖަވާބު ދެއްވާ ފަރާތްތަކަށް ވަގުތުން އިނާމް ދިނުމަށްވަނީ ހަމަޖެހިފައިއެވެ. އަދި ކޮންމެ ދުވަހެއްގެ ދަންފަޅި ނިމުމުން އެ ދަންފަޅިއަކަށް ހާޞިރުވި، ހާޞިރީންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ޙާއްސަ އިނާމެއް ދިނުމަށް ހަމަޖެހިފައިވެވެ. މިގޮތުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދެވޭ އިނާމް ގެ އިތުރުން 500 ރުފިޔާ ގެ ގިފްޓް ވައުޗާރ އެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައިއެވެ.

މި މުބާރާތް ހިގަމުންދާއިރު ބައިވެރިވެފައިވާ ދަރިވަރުންގެ ކިޔެވުން އަޑުއެހުމަށާއި ދަރިވަރުންނަށް ހިތްވަރުދިނުމަށް ވިހާވެސް ގިނަބޭފުޅުން ވަޑައިގަތުމަކީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !