ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ފަރާތުން ފުވައްމުލަކުގައި ވޯރކްޝޮޕެއް ބާއްވައިފިއެވެ
ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ފަރާތުން ފުވައްމުލަކުގައި “ސްޕީޗް އެންޑް ދަ ސްޕެޝަލް ސްޓޫޑެންޓް”ގެ ނަމުގައި ވޯރކްޝޮޕެއް ބާއްވައިފިއެވެ. މި ވޯރކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ 4 ދުވަހުގެ މުއްދަތަށެވެ.
މި ވޯރކްޝޮޕް ނިމުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު،މި ރަސްމިއްޔާތު ޝަރުފެވެރި ކޮއްދެވައި ބައިވެރިންނަށް ސެޓްފިކެޓް ދެއްވާފައިވަނީ ޙާފިޒް އަހްމަދު ސްކޫލްގެ ޕްރިންސިޕލް ހައުލަތު ސައީދުއެވެ.
ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ޗެއާރ ޕާރސަން އައިޝަތު ޝިފާ، މިކަލް ނޫހަށް ދެއްވި ޙާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ މި ވޯރކްސޮޕްގެ މަޤްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ޙާއްސަކޮށް ވާހަކަ ދެއްކުމުގަ ލަސްކަމެއް ހުންނަ ކުދިންނަށް އެހީވުމުގެ ގޮތުން ޓީޗަރުންނަށާއި ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ވޯރކްޝޮޕެއްކަމަށެވެ.
މި ވޯރކްޝޮޕްގެ ތެރެއިން ފުވައްމުލަކުގެ ސްކޫލްތަކުން، ފާހަގަކުރެވުނު ނުކުޅެދުންތެރިކަން ހުރި 22 ކުދިންނެއްވަނީ އިވަލުއޭޓްކޮއްފައިއެވެ.
“މިރަށުގައި ތިބި ނުކުޅެދުންތެރިކަން ހުރި ކުދިން އިވެލޫއޭޓް ކުރި ކުރުމުން ތެރޭގައި ވަރަށް ގިނަކަންތަކެއް ފާހަގަކުރެވުނު، ކުދިންގެ ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން، ސްޕީޗް ޑިލޭސް ހުރުމުން އެކުދިންނަށް އެބަ ބޭނުންވޭ ސްޕީޗް ތެރަޕީ، އޭގެ އިތުރުންވެސް ތާފާތު އެހެނިހެން ތެރަޕީ ބިހޭވިއާރ ތެރަޕީ އަދި ފިޒޯތެރަޕީ ބޭނުންވާ ކުދިންވެސް އެބަ ތިބިކަން ފަހަގަ ކުރެވުނު، އަދި ވަރަށް ފާހަގަ ކުރެވުނު މިކަހަލަ އެއްވެސް އެހީތެރިކަމެއް ނުލިބި ވަރަށް ބޮޑުވެފައިވާ ކުދިންތިބިކަމަށް ފާހަގަ ކުރެވުނު އަދި އެކުދިންނަށް މިހާރު މިހާރަށް އިތުރު އެހީތެރިކަން ބޭނުންވޭ” އިވެލޫއޭޓް ކުރި ކުދިންނާއި ބެހޭގޮތުން ޗެއާރ ޕާރސަން އައިޝަތު ޝިފާ ވިދާޅުވިއެވެ.
މި ވޯރކްޝޮޕްއަކީ އެންސީ އައިޓީ އިން ފަންޑުކޮއްގެން ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އިން ބޭއްވި ވޯރކްޝޮޕެކެވެ.



ޚިޔާލުތައް