A wide advertisement which will be shown on all devices. (700 x 100)

ހަފުތާ ރެސް އާއި ގުުޅުވައިގެން އިންތިޒާމުކުރި ކުޑަކުދިންގެ ހަވީރު އިއްޔެ ބާއްވައިފި

ހަފުތާ ރެސްގެ ކުޑަކުދިންގެ ހަވީރު- ފުވައްމުލަކު ރަސްމީ ބޯޅަދަނޑު

ހަފުތާ ރެސް އާއި ގުޅިގެން ކުރިޔަށްގެންދިއުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކުރި ކުދަކުދިންގެ ހަވީރު އިއްޔެ ރަސްމީ ބޯޅަ ދަނޑުގައި ބާއްވައިފިއެވެ. މޫސުން ތަން ނުދިނުމުގެ ސަބަބުން އެއްދުވަހަށް ފަސްކުރި މި ކުދަކުދިންގެ ހަވީރަށް ގިނަބަޔަކު ވަނީ ޒިޔާރަތްކޮށް ފައެވެ.

ނަމަވެސް މި ހަވީރު ލަސްވުމައްފަހު އަލުން އިއްޔެ ބާއްވަން ނިންމިކަން ނޭނގިގެން މިހަރަކާތުގައި ބައިވެރިވާން ބޭނުންވެފައި ތިބި ބައެއް މީހުންނަށް ބައިވެރިނުވެވުނު ކަމަށް އެމީހުން ބުނެއެވެ.

އިއްޔެ ހަވީރުގައި ކުރިޔަށްގެންދިޔަ މިކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ފުވައްމުލައް، ފުވައްމުލައް ސިޓީ ޕޮލިސް އާއި ފުވައްމުލަކުގެ ބައެއް ސްކޫލްތަކުގެ ސްޓޯލްތައް ފެނިގެންގޮސްފައިވެއެވެ. މި ސްޓޯލް ތަކުގައި ކުޑަކުދިންގެ އެކިއެކި ހަރަކާތްތަކާއި ކުޅިވަރުތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ހަފުތާ ރެސްގެ ކުޑަކުދިންގެ ހަވީރު- ފުވައްމުލަކު ރަސްމީ ބޯޅަދަނޑު

ހަފުތާ ރެސް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ހަފްތާ ނިންމުމުގެ ގޮތުން ވީކްއެންޑް މާރކެޓް އާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމް ހިމެނޭގޮތަށް ދާއިމަށް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ. މި އިވެންޓުގައި ކުރިޔަށްގެންދެވޭ ހަރަކާތްތަކުގެ ތެރޭގައި ސްކޫލް ކުދިންގެ އެކި ކަހަލަ ސްޓޭޖް ހަރަކާތްތަކާއި އެކު ބޭއްވޭ ކުޑަކުދިންގެ ހަވީރަކާއި، ޒުވާނުންނަށް ހާއްސަކޮށް މިއުޒިކް ޝޯ އެއް ހިމެނެއެވެ.

މީގެ ތެރެއިން އަދި ކުރިޔަށް މެގެންދެވުނީ ކުޑަކުދިންގެ ހަވީރެވެ.

ހަފުތާ ރެސްގެ ކުޑަކުދިންގެ ހަވީރު- ފުވައްމުލަކު ރަސްމީ ބޯޅަދަނޑު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !