A wide advertisement which will be shown on all devices. (700 x 100)

ކަށަވަކަކީ ކިހާ ފައިދާ ހުރި އެއްޗެއްކަން އިގޭތަ ؟

ފުވައްމުލަކުގެ ގެއެއް ގެ ގޯތިތެރޭގައި ހައްދާފައި އިން ކަށަވައް ގަހެއް - ފޮޓޯ: މިކަލްނިއުސް

ކަށަވަކަކީ  ވަލުތެރޭގައި  ތިރިކޮށްހެދޭ ގަހެއްގައި އަޅާ ދޮންމޫސަ އެއްގެ ސައިޒަށް ހުންނަ މޭވާ އެކެވެ. ދޮންނުވާއިރު ފެހިކުލައިގައި ހުންނަ މިމޭވާ ދޮންވުމުން ހުންނާނީ ކަޅު ނުވަތަ ދަނބުކުލައިގައެވެ. އަދި ދޮންވާން ދާއިރު މަޑު ފިޔާތޮށި، މެރޫން، އަދި ރަތްކުލައިގައި ވެސް ހުރެއެވެ.

ފުވައްމުލަކުގައި ކޮންމެވެސް ވަރަކަށް ކަށަވައް ގަސް ވަލުތެރޭގައި އާއި ބެއެއް ގޭގެ ގޯތިތެރޭގައި ހައްދާފައި އެބަހުއްޓެވެ. އެހެނަމަވެސް ރަހަ މީރު މި މޭވާގެ ސިއްޙީ ފައިދާ އިގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންށްތޯއެވެ.

ކުރުގޮތަކަށް ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި ކަށަވައް ބޭނުން ކޮއްގެންކުރާ ބައެއް ސިއްޙީ ފަރުވާތަކަށް ބަލައިލާނަމެވެ.

މެލޭޝިއާގައި މޭގެ ރިހުމަށާއި، މޭދަށުގައި ހުންނަ ރިހުން ލުއިކުރުމަށް ކަށަވައްފަތް ޗިސްކޮށްގެން އޭގެ ޕޭސްޓް ބޭނުންކުރެއެވެ. އަދި އެ ޕޭސްޓް ހާރޕީޒް ސިމްޕްލެކްސް އަދި ހިމަބިހި ފަދަ ބަލި ޖެހުމުން އުފެދޭ ފޮޅާއި ބިހީގައި އުގުޅައެވެ. އަދި ތައިލޭންޑްގައި ގަދީމީބޭސްވެރިކަމުގައި ބޭރަށްހިންގުން ހުއްޓުވުމަށާއި، ހުންތިރިކުރުމަށް ކަށަވައް ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުން ދިވެހި ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގައި ގޮހޮރުގައި އުފެދޭ ޕެރަސައިޓް މަރައި ހަށިގަނޑުން ބޭރުކުރުމަށް ކަށަވައް ބޭނުންކުރެއެވެ. އަދި ކަސްއެޅުމަށް ފަރުވާ ކުރުމަށް ކަށަވައް ފަތް ބޭނުންކުރެއެވެ.

މީގެ އިތުރުން  ބޭސް އުފައްދާ ފަރާތްތަކުން “ލޭގަނޑުކުރުމާ ދެކޮޅަށް މަސައްކަތްކުރާ” އެންޓި ޕްލޭޓްލެޓް” މާއްދާއެއްގެ ގޮތުގައި، އަދި ބެކްޓީރިޔާ އާއި ދެކޮޅަށް މަސައްކަތްކުރާ “އެންޓި ބެކްޓީރިއަލް” މާއްދާއެއްގެ ގޮތުގައި ކަށަވައް ބޭނުންކުރެއެވެ. އަދި  ބައެއްކަހަލަ ފައިޓޯނިއުޓްރިއެންޓް ތައް ވެސް ހުންނަކަން ފާހަގަ ކުރެވިފައި ވެއެވެ. އެގޮތުން ހުންނަ މާއްދާތަކުގެ ތެރޭގައި “ކުއެރެސްޓިން” “ބާރގެނިން”، “އަމައިރިން”، އަދި “ސިރިންޖިކް އެސިޑް”ފަދަ މާއްދާތައް ހިމެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !