އެންމެންނަށް ކުޅިވަރުގެ ނަމުގައި އަންނަ އޮކްޓޯބަރު މަހު ފުވައްމުލަކުގައި ކުޅިވަރު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް މޯލްޑިވްސް ނެޝެނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ތައްޔާރުވަމުން އެބަދެއެވެ. ފުވައްމުލަކު އަތޮޅު ކައުންސިލާއި ގުޅިގެން ބާއްވާ މިހަރަކާތާއި ބެހޭގޮތުން ފުވައްމުލަކުގެ ސްކޫލްތަކާއެކު މަޝްވަރާގެ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވާފައެވެ.
އަތޮޅު ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުން މިކުޅިވަރު ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރވެވޭ ގޮތަށް ހުޅުވާލެވިފައިވާ ހަރަކާތެވެ.
ޔޫތު މިނިސްޓްރީގެ ދަށުން ހިނގާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އިން އަންނަނީ ކުޅިވަރުގެ ތަފާތު ދާއިރާ ތަކުން ކޯޗުންނާއި އަމްޕަޔަރުން އަދި ރެފްރީން ތަމްރީނުކުރުމުގެ ކޯސްތައް ހިންގަމުންނެވެ. އަދި ސްޕޯރޓސް ފޯ އޯލްގެ ނަމުގައި ޕްރޮގްރާމެއް ވެސް އަންނަނީ ހިންގަމުންނެވެ. ފުވައްމުލަކުގައި ބާއްވަން ރާވާ މިހަރަކާތަކީ އޮގޮތުން ބާއްވާ ހަރަކާތެއްކަން މިކްލ ނޫހަށ ްވަނީ އެނގިފައެވެ.
ނަމަވެސް ސްޕޯރޓްސް ފޯ އޯލް އާއި ބެހޭ އެއްވެސް މައުލޫމާތެއް އެއިދާރާތގެ ވެބްސައިޓުގައި ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ހިމެނެނީ މިހަރަކާތުގެ ނަމެވެ.



ޚިޔާލުތައް