އިއްޔެ ނިމުނު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މުޡައްފަރު ހައުސް އިން ހޯދައިފިއެވެ. މުޡައްފަރު ހައުސް އިން ޗެމްޕިއަން ކަން ހޯދީ ފައިނަލުގައި އަމީނު ހައުސް އާއި ވާދަކޮށް 6-1 ގެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.
މި ދެޓީމުން މުބާރާތުގައި ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ވެސް ކާމިޔާބުކޮށްފައި ވަނީ މުޡައްފަރު ހައުސް އެވެ. މުބާރާތުގެ ދެވަނ ޓީމަކީ އަމީން ހައުސް އެވެ.
އިއްޔެ ހަވީރު ކުޅޭވުނު ފައިނަލް މެޗަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމީޔާއްތު ވަނީ ކުރިޔަށް ގެންގޮސްފައެވެ. ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިމެހުމާނަކީ ފުވައްމުލަލް ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހުއެވެ.
އިއްޔެގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް އަދި އެހެނިހެން މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް ޓްރޮފީއާއި އިނާމާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.
މުބާރާތުގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއަކީ މުޡައްފަރު ހައުސް ގެ އައިވަން މުހައްމަދު ޒާހިރު އެވެ.
އެންމެ މޮޅު ގޯލް ކިޕަރަކީ މުޡައްފަރު ހައުސް ގެ ޒާދު އަބްދުﷲ އެވެ.
އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައި ވަނީ:
އައިވަން މުހައްމަދު ޒާހިރު – މުޡައްފަރު ހައުސް
އަހުމަދު އަމާން ޖަމްޝީދު – މުޡައްފަރު ހައުސް
އިބްރާހިމް ހަމްދޫން މުހައްމަދު – އިމާދު ހައުސް
މުހައްމަދު ރިއާން ރިޔާޒު – އިމާދު ހައުސް
މުހައްމަދު ނާއިޝް އިބްރާހިމް – އަމީން ހައުސް
ޚިޔާލުތައް