ފުވައްމުލަކަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ
ފުލުހުން ހިންގި ޙާއްސަ އޮޕްރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވައިގެމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެރޭ 23:30 ހާއިރު ފުވައްމުލަކު އެއަރޕޯޓުންކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުން ހަމަ ކުރެއްވި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ މީހާ ބަލައިފާސްކުރިއިރު އޭނާ އަރައިގެން ހުރި އިސްޓާކީން ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ކޮތަޅަކާއި ފިމްލު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ. އަދި މިތަކެތީގެ ތެރެއިން ރަބަރު ކޮތަޅުގައި 50 ގްރާމް ހުރިއިރު ފިލްމު ދަޅުގައި 36 ގްރާމް ހުރިކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ



ޚިޔާލުތައް