އިއްޔެ ކުޅެވުނު އިނގިރޭސި ކަރަބާއޯ ކަޕްގެ ފައިނަލް މެޗު 2-1 ކާމިޔާބުކޮށް މެންޗެސްޓަރ ސިޓީން ޖެހިޖެހިގެން 3 ވަނަ ފަހަރާ ކަރަބާއޯ ކަޕް ކާމިޔާބުކޮށްފިއެވެ. ފައިތުވި 2019 އަދި 2018ގައި ވެސް މިމުބާރާތުގެ ޗެމްޕިއަނުންނަކީ ސިޓީއެވެ. ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅެވުނު ފައިނަލްގައި ސިޓީއާއި ވާދަކުރީ އެސްޓަން ވިލާއެވެ.
މިއީ ކުރީގެ އީއެފްއެލް ކަޕެވެ. ސްޕޮންސަރުގެ ނަން ލައިގެން މުބާރާތް ބަދަލުކުރީ 2018 ވަނަ އަހަރު އެވެ. މިއީ ކޮންމެ އަހަރަކު އިނގިރޭސި ވިލާތުގެ ޕްރިމިއަރ ލިގުގެ އެކި ޑިވިޒަން ތަކުގައި ކުޅޭ 92 ޓީމުގެ މެދުގައި ކުޅޭ ނޮކްއައުޓު މުބާރާތެކެވެ.
ރޭގެ ހޯދި ތައްޓާއި އެކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ދަށުން އެޓީމުން ކާމިޔާބު ކުރީ މިއީ ބޮޑު 6 ވަނަ ތައްޓެވެ.

ކޯޗު ގާޑިއޯލާ ޓިމަށް ބޮޑު 6 މުބާރާތް ކާމިޔާބުކޮށްދީފި
ފާއިތުވި ދެ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރި ސިޓީ މިފަހަރު އޮތީ ލީގުގެ 2 ވަނާގައި ލިވަރޕޫލަށްވުރެ 22 ޕޮއިންޓް ފަހަތުގައެވެ.
ނުމުނު ހަފުތާގެ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގެ ފުރަތަމަ ލެގުގައި ސިޓީން ވަނީީ އެމުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރިއާލް މެޑްރިޑް 2-1 ބަލިކޮށްފައެވެ.
ނަމަވެސް މިވަގުތު މެނޗެސްޓަރ ސިޓީ އޮތީ ޔޫރަޕްގެ ފުޓްބޯޅަ އިދާރާގެ މުބާރާތްތަކުން 2 އަހަރު ދުވަހަށް ސަސްޕެންޑް ކުރުމާއެކު ބޮޑު ޖޫރިމާއިނާއެއް ކޮށްފައެވެ. އެއީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުންނެވެ. ސިޓީން ވަނީ މިމައްސަލަ ސްވިޒަލޭންޑްގައި ހުންނަ ބައިނަލް އަގުވާމީ ސްޕޯރޓްސް ކޯޓުގައި އެޕީލް ކޮށްފައެވެ. މިމައްސަލަ ސިޓީއަށް ކާމިޔާބު ނުވެއްޖެނަމަ އެޓީމު ޔޫރަޕުގެ މުބާރާތްތަކުން ބާކީ ކުރެވޭނެއެވެ.
ސިޓީގެ މައްސަލައަކީ ފީފާ ފައިނޭންޝަލް ފެއަރ ޕްލޭ އުސޫލާއި ޚިލާފަށް ޓީމުގެ ޚަރަދުތައް ކުރުމާއި އަދި އެކަން ސިއްރުކުރުމެވެ. ޔޫއެފާގެ އިތުރުން ޕްރިމައިރ ލީގުން ވެސް މިމައްސަލަ ބަލަމުން އަންނަ ކަމަށް ވެއެވެ. ޕްރިމިއާ ލީގުން ސިޓީގެމައްޗަށް އެކަން ސާބިތުވެއްޖެނަމަ އެޓީމުގެ ލީގު ޕޮއިންޓް އުނިކުރާނެކަމަށް ބެލެވެއެވެ.replica rolex rolex stainless steel replica
ޚިޔާލުތައް