A wide advertisement which will be shown on all devices. (700 x 100)

ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ދޯންޏަކަށް އަރައިފި

އެކްސިޑެންޓްވި ސައިކަލް ދޯނީގައި. ފޮޓޯ: ސިމާއު

ފުވައްމުލަކު ނައިބުތުއްތު މަގުން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ދޯންޏަކަށް އަރައިފިއެވެ.

މަންޒަރު ދުށް މީހަކު ބުނިގޮތުގައި ވަރަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލް ކޮންޓްރޯލްނުވެ ބަނދަރުގައި އަޅާފައި އޮތް “ބޯދި” ދޯންޏަށް އަރައި ސައިކަލް ދުއްވަން އިން މީހާ މޫދަށްވެއްޓިފައިވާ ކަމަށެވެ. އަދި އެސަރަހައްދުގައި ތިބި މީހުން ސައިކަލް ދުއްވަން އިންމީހާ މޫދުން ނެގިއިރު ހޭނެތިފައިވާ ކަމަށެވެ. އަދި ސައިކަލަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ވެފައިވާ ކަމަށާއި ސައިކަލް މޫދަށް ނުވެއްޓޭކަމަށެވެ.

ސައިކަލް ދުއްވަން އިން މީހާ މިހާރު ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަގެންދެއެވެ.

ނައިބުތުއްތު މަގު ދެކުނު ފަރާތުން ނިމެނީ ފުވައްމުލަކު ބަނދަރަށެވެ. ނައިބު ތުއްތު މަގުގައި ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ގިނަ އެކުސިޑެންޓްތަކެއް ހިގާފައިވެއެވެ. އަދި އެފަދަ ބައެއް އެކުސިޑެންޓްގައި ބައެއް މީހުން ފުރާނަވެސް ގެއްލިފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !