ފުވައްމުލަކު ސުކޫލް (އެފްއެސް)ގެ ފުޑް ފެއަރ މިއަދު ހެނދުން ފެށިގެން ކުރިއަށް އެބަގެންދެއެވެ.
އެފްއެސްގެ ފުޑް ފެއަރ ކުރިއަށް ގެންދަނީ ޕީޓީއޭ އާއި ސުކޫލާއި ގުޅިގެން ސުކޫލަށް ފަންޑްރައިޒް ކުރުމުގެ ގޮތުންނެވެ. މިއަދު ހަވީރު 5:30 އާއި ހަމަޔަށް ކުރިއަށް ގެންދާ މިފުޑް ފެއަރގައި ގިނަ އަދަދެއްގެ ތަފާތު ވައްތަރުގެ ކާނާ ތަރުކާރީ އަދި މޭވާ ހިމެނެއެވެ. މިފުޑް ފެއަރގައި އާންމުކޮށް މިފަދަ އެއްޗެހި ވިއްކާ އަގަށްވުރެ ހެޔޮއަގުގައި ލިބެން އެބަހުއްޓެވެ.
ފުވައްމުލަކުގެ ސުކޫލްތަކުގައި ފަންޑްރައިޒް ކުރުމުގެ ގޮތުން މިފަދަ ހަރަކާތްތައް ބާއްވަމުން ގެންދެއެވެ.
+1
+1



ޚިޔާލުތައް