ޓްރާންސްފޯމަރެއްގެ ޓެޕް ބަދަލުކުކުރުމުގެ މަސައްކަތަށް މާދަމާ، ހޮނިހިރު ދުވަހު (2 މޭ 2020) ހެނދުނު 1 ގަޑިއަރަށް ހޯދަޑު، މާދަޑު އަދި މާލެގަމުގެ ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކޮށްފިއެވެ.
އެގޮތުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށެވެ. މި އެއްގަޑިއިރުގެ ވަގުތުގައި ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ:
1. ހޯދަޑު ދަނބުގެއިން ފެށިގެން ބަހާރުމަގުން ގޮސް މައިޒާން އާއި ހަމަޔަށް ވެނީލާގެ ހިމެނޭ ސަރަހައްދުން.
2. މާދަޑު ނަރުގިސްމަގު، ވިދުވަރުގެއިން، ފްރީގޭޓް، މަހިލަނބުމާގެ، ބަހާރުގެ، ބަހާރުމަގުން އަވިދޭގެ، ޑޯރެންސީވިލާއަށް ސިތާނާ ހިމެނޭ ސަރަހައްދުން.
3. މާލެގަމު ބަހާރުމަގު ޝޭޑީރެސްޓް އިން ފެށިގެން، ކަންމަތީގެ، ހުވަނދަގެ، ނަރުގިސްގޭ، ޣާޒީމަގުން މައިމޫންވިލާ އަދި ކިނާރީގެ ހިމެނޭ ސަރަހައްދުގައިވާ ގެތަކުންނެވެ.
ނިމުނު އޭޕްރީލް މަހު ގައި ރަށުގެ ގިނަ ސަރަހައްދުތަކެއްގައި ޓްރާންސްފޯމަރުގެ އެކިއެކި މަސައްކަތްތަކަށް ކަރަންޓްގެ ޚިދުމަތް މެދުކަނޑާލާފައި ވެއެވެ. އަދި މާރިޗު މަހު 30 އަދި 31 ގައި މާދަޑާއި ހޯދަޑު ބަހާރު މަގު (މަތިމަގު) ސަރަހައްދުގެ ކަރަންޓް ކޭބަލަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް ވެސް ކަރަންޓް ކަނޑާލައިގެން މަސައްކަތް ކޮށްފައިވެއެވެ.
އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ، ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަނރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.
މިރަމަޟާން މަހު ފެނަކަ ފުވައްމުލައް ބްރާންޗުން ތަކެތި ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެދުވަހެއްގެ ހެނދުނު 10:00އިން މެންދުރު ފަހު 13:00 އަށެވެ. އަދި ބިލްތަކަށް އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރާގޮތަށްވަނީ ހަމަޖައްސާފައެވެ.
ޚިޔާލުތައް