ފުވައްމުލަކު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް މީދޫ ވޮލީ ޓީމް ހޮވިއްޖެއެވެ.
ފިރިހެން ޑިވިޝަންގެ ފައިނަލަށް މިދިޔަ އަހަރުގެ ޗެމްޕިއަން މާދަޑު ފިސްޑާ ބަލިކޮށް މީދޫ ވޮލީ ޓީމް ހިގައްޖެއެވެ. މިމެޗް މީދޫ ވޮލީ ޓީމް ކާމިޔާބުކުރީ 1-3 އިންނެވެ. ފައިނަލްގައި އަނެއްކޮޅުން ވާދަ ކުރާނީ މިދިޔަ އަހަރުގެ ރަނަރަޕް ދިގުވާނޑު އަފުން ޓީމެވެ.
އަންހެން ޑިވިޝަންގެ ފައިނަލް ކުޅޭނީ މިރޭ 20:30 ގައެވެ. ފައިނަލަށް ހޮވިފައިވަނީ މާދަޑު ފިސްޑާ އާއި ހޯދަޑު ސްޕައިކަރސް އެވެ. ފިރިހެން ޑިވިޝަންގެ ފައިނަލް ކުޅޭނީ މާދަމާ ރެއެވެ.
އަތޮޅު ކައުންސިލުން މިމުބާރާތްތަށް ހުށަހަޅާފައިވާ ފައިސާގެ އިނާމްވެސް މިހާރުވަނީ ބޮޑުކޮށްފައެވެ. ޗެމްޕިއަން ޓީމަށް އެއްލައްކަ އަދި ރަނަރަޕް ޓީމަށް ފަންސާސް ހާސް އަދި ތިންވަނަ ޓީމަށް ފަންސަވީސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ. މިއީ ފުވައްމުލަކުގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. މިމުބާރާތުގެ ހުރިހާ މެޗްތަކެއް ޕީއެސްއެމްގެ ޔޭސް ޗެނަލް އިން ވަގުތުން ދައްކާނެއެވެ.
ޚިޔާލުތައް