A wide advertisement which will be shown on all devices. (700 x 100)

މިއަހަރުގެ ބޯލަން ޑިއޯ ގެ މަގާމަށް ވާދަކުރާ ލިސްޓުގެ ކުރީގައި ރޮނަލްޑޯ އަދި ބޭލް

މިފަހަރުގެ ބޯލަން ޑިއޯ އެވޯޑް ލިބޭނެކަމަށް ބޮޑަށް ބެލެވޭ ރިއަލް މެޑްރިޑްގެ ކްރިސްޓިއާނާ ރޮނަލްޑޯ. ފޮޓޯ ގޯލް.ކޮމް

މިއަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހޮވާ، ބޯލަން ޑިއޯ އެވޯޑްސް” އަށް ވާދަކުރާ ލިސްޓުގެ އެންމެ ކުރީގައި ރިއަލް މެޑްރިޑްގެ ކްރިސްޓީއާނާ ރޮނަލްޑޯ އާއި ގެރެތު ބޭލް ހިމެނިއްޖެއެވެ.

ފުޓުބޯޅައިގެ ތާޒާ ޚަބަރުތައް ގެނެސްދޭ ގޯލްޑޮޓް ކޮމް އިން ހާމަކުރި ގޮތުގައި މިލިސްޓުގެ ކުރީގައި ހިމެނޭ 5 ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ މެންޗެސްޓަރ ސިޓީގެ ސާޖިއޯ އަގުއެރޯ އާއި އިޓަލީގެ ޖިއަން ލޫޖި ބުފަން އާއި ޕިރޭ-އެމެރިކް އޯބަޔަންގ އެވެ. ފުޓުބޯޅައިގެ ދާއިރާގެ ތަޖުރިބާކާރު 5 މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުން ތައްޔާރުކުރި 30 މީހުންގެ ލިސްޓު މިއަދު ވަނީ އާއްމުކޮށްފައެވެ. މިފަހަރުގެ ގަދަ 5 ކުޅުންތެރިންގެ ތެރޭގައި ވެސް ރޮނަލްޑޯއާއި ވާދަވެރި ބާސެލޯނާގެ ލިއޮނެލް މެސީ ނުހިމެނެއެވެ.

ބޯލަން ޑިއޯ އެވޯޑާއި ފީފާ ޕްލެޔަރ އޮފް ދަ ޔެއަރ 2010 ގައި އެއްކޮށް ލައިގެން ދެމުން އައި، އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިއަހަރަށް ފަހު އަނެއްކާ ވެސް ދެން ފެނިގެން ދާނީ ތަފާތު ދެ އެވޯޑެއްގެ ގޮތުގައެވެ. ބޯލަން ޑިއޯ އެވޯޑަކީ ފްރާންސްގެ ކުޅިވަރު ނޫސް މަޖައްލާތަކުން އިސްނަގައިގެން ދޭން ފެށި، އަދި އެމް ދުވަސްވީ މިފަދަ އެވޯޑެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !