A wide advertisement which will be shown on all devices. (700 x 100)

ސިބްކޯއިން އީދާއި ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

ރާއްޖެއަށް ފުޅާދާއިރާއެއްގައި މުދާ އެތެރެކޮށް މާކެޓްކުރާ ސިބްކޯއިން އަންނަ އީދު ދުވަހާއި ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިޕްރޮމޯޝަނުގައި އެފަރާތުން އެތެރެކޮށް މާކެޓްކުރާ ފަލަކް ބްރޭންޑްގެ ބާސްމަތީ ހަޑުލުގެ ގަންނަ ކޮންމެ 5 ކިލޯ ހަޑޫ ބަސްތާގެ ކޭހަކަށް 5 ކިލޯ ހަޑޫ ބަސްތާއެއް ހިލޭ ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ސެޕުޓެންބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ސިބްކޯއިން ހާމަކުރެއެވެ. މިޕްރޮމޯޝަން ފުވައްމުލަކުގައި ވެސް ކުރިއަށްދާނެ ކަމަށް އެކުންފުނީގެ މެނޭޖާރ މާކެޓިންގ އެންޑް ކޮމިއުނިކޭޝަން ހާނީ ނައީމު ވިދާޅުވިއެވެ. ފަލަކުގެ ބްރޭންޑްގެ ބާސްމަތީ ހަޑޫލަކީ ރާއްޖޭގެ ބާޒާރުގައި ލިބެންހުންނަ ހަޑުލުގެ ބާވަތްތަކުގެ ތެރެއިންވެސް ގިނަ ބަޔެއްގެ އިތުބާރު ލިބިފައިވާ ބާސްމަތީ ހަޑޫލެކެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ، ވޮންޑާ ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. ސިބްކޯގެ ފުވައްމުލަކު ފިހާރަ ހުންނަނީ ހުސްނުހީނާ މަގުގެ ލިލީ މިސްކިތާއި އިންވެގެންނެވެ.

މިއަހަރުގެ އީދު ދުވަސް ދިމާވަނީ ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމުގައިވިޔަސް ގިނަ ބަޔަކު އީދާއި ދިމާކޮށް ކެއުމުގެ ސުފުރާ ތިޔާގިކުރާނެކަމަށް ބެލެވެއެވެ. އަދި ދިވެހިންގެ ކެއުމުގެ ސުފުރާއިން ހަޑުލުގެ ބާވަތްތައް އާންމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !