A wide advertisement which will be shown on all devices. (700 x 100)

ސިބްކޯ އިން އަލްބާޑިއާ ކާށިކިރު ޕައުޑަރ ތަޢާރަފްކޮށްފި

ސިބްކޯއިން އަލަށް ރާއްޖެއަށް ތައާރަފުކުރާ އަލްބާޑިއާ ކާށި ކިރު

ފަސޭހައިން ކާބޯތަކެތީގެ ތައްޔާރުކޮށްލެވޭ ކޮލިޓީ މޮޅު އަދި އަގުހެޔޮ އުފެއްދުމެއް ކަމަށްވާ “އަލްބާޑިއާ ކޮކޮނަޓް މިލްކް ޕައުޑަރ” ދިވެހި ބާޒާރަށް ސިބްކޯ އިން ތަޢާރަފްކޮށްފިއެވެ. ކޮންމެ ކަސްޓަމަރަކު ވެސް ބަލައިގަންނާނެ މުހިންމު ކަންތައްތަކެއް މިކިރުގައި އެކުލެވެއެވެ.

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ މުދާ އެތެރެކޮށް ވިއްކަމުންދާ ސިބްކޯ އިން އެކުންފުނީގެ ފަރާތުން އެންމެ ފަހުން ރާއްޖެ އެތެރެކުރި އަލްބާޑިއާ ކޮކޮނަޓް މިލްކް ޕައުޑަރ މިއީ ކޮލިޓީގެ ގޮތުން ފެންވަރު ރަނގަޅު ކާށި ކިރެކެވެ. މި ކާށިކިރަކީ ފަސޭހައިން ފެނަށް ގިރުވާލައިގެން ގޭގޭގެ ބަދިގެ ތަކުގަޔާއި ކޭޓަރިން ޚިދުމަތްދޭ ފަރާތްތަކަށް ވަރަށް ފަސޭހައިން ކާބޯތަކެތި ތައްޔާރުކޮށްލެވޭ ޕްރޮޑަކްޓެކެވެ.

ސިބްކޯގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ، އަޙްމަދު ހާނީ ނަޢީމް ވިދާޅުވީ “އަލްބާޑިއާ ކޮކޮނަޓް މިލްކް ޕައުޑަރ އުފައްދާފައި ވަނީ މެލޭޝިއާގެ އެންމެ ފެންވަރު ރަނގަޅު ކާށި ބޭނުންކޮށް ‘ސްޕްރޭ ޑްރައި’ ކުރުމަށްފަހު، އެއްވެސް ޕްރިޒަވޭޓިވް އެއް އަދި ކޮލެސްޓްރޯލް ނުހިމެނޭ ގޮތަށް” ކަމަށެވެ. މީގެ އިތުރުން އަލްބާޑިއާ ކޮކޮނަޓް މިލްކް ޕައުޑަރަކީ ޒަމާނީ ދިރިއުޅުމުގައި ފަސޭހައިން ތައްޔާރުކޮށްލެވޭ ރަހަމީރު އަދި އަގު ގޮތުން އަތްފޯރާފަށުގައި ލިބޭ މި އުފެއްދުމަކީ ކަސްޓަމަރު ޚިޔާރުކުރައްވާ މިންވަރަށް ފެނަށް ގިރާލައިގެން ބޭނުންކުރެވޭނެ އެއްޗެއް ކަމަށްވެސް ހާނީ ވިދާޅުވިއެވެ.

މެލޭޝިއާގެ އުފެއްދުމެއްކަމުގައިވާ އަލްބާޑިއާ ކޮކޮނަޓް މިލްކް ޕައުޑަރަކީ މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގައި މަޤްބޫލުކަން ހޯދާފައިވާ ޕްރޮޑަކްޓެކެވެ. އަދި ލިބެން ހުންނާނީ 300 ގްރާމް އާއި 1 ކިލޯގެ ޕެކިންގގައެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ އަދި ވޮންޑާ ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !