ސިބްކޯއިން އެވްރީ ޑޭ ބާސްމަތީ ހަނޑުލުގެ ޕްރޮމޯޝަނެއް ފަށައިފި

sibco
Share on facebook
Share on twitter
Share on google

އެވްރީޑޭ ބާސްމަތީ ހަނޑުލުގެ 1 ކިލޯ އަދި 5 ކިލޯގެ ޚާއްސަ ޕްރޮމޯޝަނެއް ސިބްކޯއިން ފަށައިފިއެވެ. މި ޕްރޮމޯޝަނާއި ގުޅޭ މައުލޫމާތު ދެއްވަމުން އެކުންފުނީގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖާރ އަހުމަދު ހާނީ ނައީމު ވިދާޅުވީ “އެވްރީޑޭ ބާސްމަތީ ހަނޑުލަށް ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބަށް ބަލައި މިފަހަރު ކުރިއަށްދާ ޕްރޮމޯޝަނުގައި 1 ކިލޯގެ ހަތަރު ކޭސް ބައްލަވައި ގަންނަވާ ފަރާތްތަކަށް 1 ކިލޯގެ ކޭހެއް ހިލޭ ލިބިވަޑައިގަންނަވާނެ، އަދި 5 ކިލޯގެ 5 ކޭސް ބައްލަވައި ގަންނަވާ ފަރާތްތަކަށް 5 ކިލޯގެ ކޭހެއް ހިލޭ ލިބިވަޑައިގަންނަވާނެ”.

މިޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ހާނީ ވިދާޅުވި ގޮތުގައި، އެވްރީޑޭ ބާސްމަތީ ހަނޑުލުގެ 1 ކިލޯގެ  ޕްރޮމޯޝަނުން ކަސްޓަމަރުންނަށް 25 އިންސައްތަ ފައިދާއެއްވާނެ ކަމަށާއި 5 ކިލޯގެ ޕްރޮމޯޝަނުން ކަސްޓަމަރުންނަށް 20 އިންސައްތަ ފައިދާއެއްވާނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެމްބަރު މަހު 3 ވަނަ ދުވަހުން ފެށިގެން ސްޓޮކް ހުސްވަންދެން ކަމަށްވެސް ސިބްކޯއިން ހާމަކުރެއެވެ. އެވްރިޑޭ ބާސްމަތީ ހަނޑޫ ތައާރަފު ކުރިފަހުން 2 އަހަރު ދުވަސްވެދާނެ ކަމަށްވެސް ހާނީ ވިދާޅުވިއެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ، ވޮންޑާ ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އަދި ދާދި ފަހުންވަނީ ޕާކިސްތާނު، ޕޯޗުގަލް އާއި ތުރުކީވިލާތުގެ އައު ބްރޭންޑްގެ މުދާތައް ތަޢާރަފްކޮށްފައެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments