A wide advertisement which will be shown on all devices. (700 x 100)

ކައިށި އެފް.ވީ.އެމް: ކާށިތެޔޮ އުފެއްދުމުގެ ދާއިރާގައި ފިޔަަޖަހަނީ

ފާޒަމީން އިންވެސްޓްމެންޓްގެ ނަމުގައި އެންމެ ފުރަތަމަ ކާށިތެޔޮ އުފެއްދުމުގެ ދާއިރާއަށް ތަޢާރަފްވި ކައިށި އެފް.ވީ.އެމް އަކީ 2007 ވަނަ އަހަރު ކާށިތެޔޮ އުފެއްދުމުގެ ދާއިރާއަށް ނުކުމެ ކާށިތެޔޮ އުފައްދައި ރާއްޖޭގެ ނަން މަޝްހޫރު އެކި ރިސޯޓްތަކަށް ސަޕްލައި ކޮށްދެމުން އަންނަ ކުންފުންޏެކެވެ. ރާއްޖޭގައި ހުރި އެންމެ މަތީ ފަންތީގެ ރިސޯޓްތަކަށް ކާށިތެޔޮ އުފައްދާ ސަޕްލައިކުރުމުގެ 13 އަހަރު ދުވަހުގެ ތަޖުރިބާއާއެކު ފިސާރި ކުރީގައި އޮތް މި ކުންފުނީގެ އުފެއްދުމަކީ ބޭރު ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައިވެސް މަޤްބޫލު އުފެއްދުމެކެވެ. ގިނަ ފަތުރުވެރިންތަކެއް މިހާރުވެސް ބޭނުން ކުރަމުން އަންނަ މަޝްހޫރު އުފެއްދުމެކެވެ.

“އަޅުގަނޑުމެން މިހާރު ކައިށި އެފް.ވީ.އެމްގެ އުފެއްދުންތައް ބޭނުން ކުރަމުން އަންނަތާ 9 އަހަރުދުވަސް ވެއްޖެ. އެއީ ހަމަ މި ވަގުތު ރާއްޖޭގެ މާރކެޓުގައި ލިބެން ހުރި އެންމެ ކޮލިޓީ އަދި އެންމެ ޓްރަސްޓެޑް އޮއިލް، އަޅުގަނޑުމެންގެ ސްޕާގައި ބޭނުންކުރަމުން އަންނަ ނަމްބަރ 1 ޕްރޮޑަކްޓަކީ އެ ޕްރޮޑަކްޓް، އަޅުގަނޑު އެދެނީ އެ ކުންފުނީގެ އުފެއްދުންތެރިކަން ކުރިއަރައި ދިއުން” ރިސޯޓެއްގެ ފަރާތުން މި ނޫހަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

ކައިށި އެފް.ވީ.އެމްގެ ކައިށި އޮއިލްއަކީ ޒަމާނީ މެޝިންތަކުގެ އެހީގައި ތަފާތު އެކި ތަހުލީލުތައް ކުރެވިގެން ފުވައްމުލައް ސިޓީގައި މި ވަގުތު އުފައްދަމުންދާ ތެލެކެވެ. އެ ގޮތުން އެ ތެލަކީ ބޮލުގެ އިސްތަށިގަނޑަަށް ދިމާވާ މައްސަލަތަކަށާއި ހަމަށް ދިމާވާ އެކި ބަލިތަކަަށް ފަރުވާކުރުމުގައި ބޭނުންކުރަމުން އަންނަ ދިވެހިންނާއި ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މޮޅު ތެލެކެވެ. މި ވަގުތު ކައިށި އެފް.ވީ.އެމްގެ އުފެއްދުންތައް ރިސޯޓްތަކުގެ ސްޕާ ޓްރީޓްމަންޓަށް ހާއްސަކުރެވިގެން ނެރުނުނަމަވެސް އެ ކުންފުނިން ދިވެހިންނަށް ޚާއްޞަކޮށްގެން ކައިށި އޮއިލްގެ ނަމުގައި ކުދިފުޅި ނެރޭނެކަމުގެ މަޢުލޫމާތު މި ނޫހަށް ދީފައިވެއެވެ.

“އަޅުގަނޑުމެންގެ ކައިށި އޮއިލް އަކީ 100 ޕަރސެންޓް އޯގޭނިކް އެއްޗެއް، އެއީ އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް އުފައްދާފައިވާ ބޭނުންކުރަން 100 ޕަރސަޓް ސޭފް އެއްޗެއް. އަޅުގަނޑުމެންގެ ޕްރޮޑަކްޓަކީ ބޭސްފަރުވާގެ އެކި ކަންތަކަށް ބޭނުންކުރަމުން އަންނަ ދިވެހިންނާއި ރިސޯޓްތަކުގެ ޓްރަސްޓް ލިބިފައިވާ ޕްރޮޑަކްޓެއް. ވަރަށް އަވަހަށް ދިވެހިންނަށް ވަކި ޕްރޮޑަކްޓެއްގެ ގޮތުގައި އެ ޕްރޮޑަކްޓް ލިބޭނެ، އިންޝާﷲ.”

އެކްސްޓްރާ ވަރޖިން ކޮކޮނަޓް އޮއިލްގެ ނަމުން ތިޔަބޭފުޅުން ދަންނަ ތެލަކީ ކައިށި އެފް.ވީ.އެމްގެ ކައިށި އޮއިލްއެވެެ. އަދި އިތުބާރު ކުރެވޭ ބްރޭންޑަކަށް ކައިށި އެފް.ވީ.އެމް ވާނެކަން ޔަޤީނެވެ. ކައިށި އެފް.ވީ.އެމްގެ ފަރާތުން އަންނަނީ މާކެޓްގެ އިތުބާރު ހޯދައި ކުރި އަރަމުންނެވެ. ކައިށި އެފް.ވީ.އެމްގެ އޮފިޝަލް ލޯންޗިން އަގުހުރި ގިވްއަވޭ ތަކަކާއި އެކު ޑިސެމްބަރ 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !