ކައިށި އެފް.ވީ.އެމް ރަސްމީކޮށް އިފްތިތާހު ކުރުން މިއަދު ހަވީރު

Share on facebook
Share on twitter
Share on google

ފުވައްމަލުގައި ފުޅާ ދާއިރާއެއްގައި ކާށި ތެޔޮ އުފެއްދަމުން އަންނަ “ކައިށި އެފް.ވީ.އެމް” ރަސްމީކޮށް އިފްތިތާހު ކުރުން މާދަމާ އޮންނާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއްވައިފިއެވެ. އަދި މާދަމާއިން ފެށިގެން ކާށިތެޔޮގެ ރީޓެއިލް ޕްރޮޑްކަޓްސްތައް ވެސް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު، 2020 ޑިސެމްބަރު 10 ވަނަ ދުވަހުގެ 16:30 އިން ފެށިގެން 18:00 އާއި ދެމެދު ކައިށި އެފް.ވީ.އެމް ގެ އުފެއްދުންތައް ދައްކާލުމަށް ފުވައްމުލަކު މާނޭރެ އަތިރީގައި ޚާއްސަ އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓުގައި އެ ކުންފުނީގެ އުފެއްދުންތައް ޓެސްޓުކޮށްލުމުގެ ފުރުސަތު ވެސް ވީހާގިނަ ބަޔަކަށް ދިނުމަށް ހަމަޖެހިފައި ވެއެވެ.

ފުވައްމުލައް ސިޓީއަށް އުފަން ހޯދަޑު ރައުޟާ، އަޙްމަދު ފާރޫޤު، މަޝްހޫރު ނަމުން ނަމަ “ހެނިޔަރި ފާރޫޤު”ގެ ކުންފުނީގެ އުފައްދާ ސާފު ކާށިތެލުގެ 120 އެމް.އެލްގެ ފުޅި އާންމުންނާއި ހަމަޔަށް ގެނެސްދިނުމާއި، ކާށި ތެޔޮ އުފެއްދުމާއި ކައިށި އެފް.ވީ.އެމްގެ އުފެއްދުންތަކާއި ބެހޭ އެންމެ ފުރިހަމަ މަޢުލޫމާތު މިއަދުގެ އިވެންޓުން ލިބޭނެ ގޮތަށް އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެއެވެ.

ކައިށީ އެމްވީއިން ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ކާށި ތެޔޮ އުފައްދައި ރިސޯޓްތަކަށް ސަޕްލައިކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މިއީ ރާއްޖޭގެ އާއްމު ބާޒާރަށް އެކުންފުނީގެ ކާށި ތެޔޮ ނެރޭ ފުރަތމަ ފަހަރެވެ. ސާފު ކާށި ތެލަކީ އެއިގެ ފައިދާ ބޮޑު ދުނިޔޭގެ ބާޒާރުގައި ވެސް އަގު ބޮޑު ބާވަތެކެވެ.

ފުވައްމުލަކުގައި ކާށި ތެޔޮ އުފެއްދުމުގެ ދާއިރާގައި ކުރިއަރަމުން އަންނަ މިކުންފުނީގެ އުފެއްދުންތައް ތަޖުރިބާ ކޮށްލުމަކީ ކާށިތެޔޮ ބޭނުންކުރައްވަމުން ގެންދަވާ އަދި ބޭނުން ކުރައްވަން ބޭނުންފުޅުވެލައްވާ އެންމެހައި ބޭކަލުންނާއި ބޭކަނބަލުންގެ ހުވަފެނަކަށް ވާނެއެވެ. އަދި މިރެއިން ފެށިގެން ކައި އުފެއްދުންތައް ސިތާނާ ސްޓޯރއިން ލިބެން ހުންނާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments