A wide advertisement which will be shown on all devices. (700 x 100)

އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދިހުށަހެޅުމުގެ އެންމެފަހު ދުވަހަކީ މިޖުލައި މަހު 17 ވަނަ ދުވަސް

ކޮވިޑް 19 އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި ދޫކުރުމަށް ހަމަޖެހުނު ކޮވިޑް 19 އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ މި ހިގާ ޖުލައި މަހު 17 ވަނަ ދުވަސް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ހާމަ ކޮށްފިއެވެ.

މި ލޯން ދޫކުރަމުން ދާނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން އިއްޔެ އާންމުކުރި ނޫސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ލޯނަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯނެއް ކަމަށާއި  މިހާތަނަށް އެބޭންކަށް ލިބިފައިވާ ފޯމުތަކަށް ބަލާއިރު މިހާރުވެސް ކަނޑައެޅިފައިވާ ލިމިޓަށްވުރެ ގިނައިން ފޯމު ލިބިފައިވާ ކަމަށްވެސް އެބޭންކުން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނެފަިއވަނީ 17 ޖުލައިގެ ނިޔަލަށް ލޯނަށް އެދިހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ވަޒަންކުރުމަށްފަހު ބާކީ ފަނޑުގައި ފައިސާހުރިނަމަ އަލުން ލޯނަށް ހުޅުވާލާނެކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !