ކުދިި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކާއި އިންޓްރެސްޓް ކުޑަކޮށް އެފައިސާ ދެއްކުން ހަ މަހަށް ފަސްކޮށްދޭން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ނިންމައިފި އެވެ. މިހާރުވެސް އެންމެ ކުޑަ އިންޓަރެސްޓެއްގައި ލޯނު ދޫކުރާ އެސްޑީއެފްސީ އިން އެ ބޭންކުން ލޯނުތަކުގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަހަށް ފަސްކޮށް ދިނުމަށާއި އަދި އެ މުއްދަތުގައި ލޯނުގެ އިިންޓްރެސްޓް ރޭޓް ކުޑަކޮށްފައިވަނީ ހަތަރު ޕަސެންޓަށެވެ.
އެސްޑީއެފްސީން އެގޮތަށް ނިންމިއިރު، އިިގްތިސާދަށް މިހާރު ކުރަމުންދާ އަސަރުތަކުގެ ސަބަބުން ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް، ލޯނުތައް އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އަދި އެހެން ބޭންކަކުން އެފަދަ ނިންމުމެއް ނިންމިކަމެއް އެގިފައެއް ނުވެއެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން ދިވެހި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު ގިނަ ވިޔަފާރިތަކަކަށްވެސް ދަނީ އަސަރުކުރަމުންނެވެ. މިކަމުގެ ސަބަބުން ބައެއް ކުންފުނިތަކުން އެކުންފުނީގެ މުވައްޒަފުންނަށް ދެމުން ގެންދިޔަ މުސާރަވެސް ވަނީ ކުޑަކޮށްފައެވެ. އަދި ނޯޕޭލީވް ފަދަ ލީވުތައް ދިނުމަށްފަހު ގެއަށްވެސް ބައެއް މުވައްޒަފުން ދަނީ ފޮނުވަމުންނެވެ. މިކަމުގެ ސަބަބުން އާންމު ގިނަ ރައްޔިތުންތަކަށްވަނީ ޚަރަދު ކުޑަކުރުމަށް މަޖުބޫރުވެފައެވެ. އެންމެ ބޮޑު ޚަރަދެއް ހިގާ އެއްކަމަކީ ގޯތި ގެދޮރަށް ކުރާ ހޭދައެެވެ. ކުލި ނުވަތަ ބޭންކު ލޯނަށް ދައްކަންޖެހޭ ފައިސާއެވެ. ނަމަވެސް އެއްވެސް ބޭންކަކުން މިފަދަ ނިންމުމެއް ނިންމުމަށް ފަހު އަދި އާންމުކޮށްފައެއްނުވެއެވެ. ނަމަވެސް ދިވެހި ގިނަ ބޭންކުތަކަކީ ނިސްބަތުން ބޮޑު ފައިދާއެއް ނެރޭ ކުންފުނިތަކެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ އެންމެ ފުޅާދާއިރާއަކަށް ގޯތި ގެދޮރަށް ލޯނު ދޫކޮށްފައިވާ ތިން ބޭންކަށްވެސް ވަނީ 40 އިންސައްތައަށްވުރެ ބޮޑު ފައިދާއެއް ލިބިފައެވެ.
HDFC | MIB | BML | |
Revenue | 50 | 71 | 703 |
NP | 35 | 34 | 286 |
Net Margin | 70% | 48% | 41% |
މަތީގައިވާ ޓާބަލްގައިވާ ހުރިހާ އަދަދެއްވަނީ މިލިއަނުންނެވެ.
ޚިޔާލުތައް