A wide advertisement which will be shown on all devices. (700 x 100)

ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަމާލުކަން އިތުރުކުރުން މުހިންމު ދުވަސްކޮޅެއް

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނަށް ރަށަށް ދާ މީހުން

މިދުވަސްކޮޅު މުޅި ރާއްޖޭގައި ވެސް ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައި ވާކަން ރަސްމީ ރެކޯޑުތަކުން ހާމަވެއެވެ. ޚާއްސަކޮށް އަތޮޅުތެރޭގައި ބަލި ފެތުރޭ މިންވަރު އިތުރުވެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ފުވައްމުލައް ސިޓީ އުތުރާއި ދެކުނުން އޮތް އަޑޫސިޓީއާއި ހުވަދު އަތޮޅުގައި ވެސް ބަލި ފެތުރޭ ނިސްބަތް އިތުރުވެފައިވެއެވެ.

މުޅި އައްޑޫ ސިޓީ އަނެއްކާވެސް އިއްޔެ މޮނިޓަރިންއަށް ލާފައިވުމާއި ހުވަދު އަތޮޅުގެ ވެރިކަންކުރާ ގދ.ތިނަދޫ ވެސް މޮނިޓަރިން އަށް ލާފައިވުމުން ފުވައްމުލައް ސިޓީގެ ރައްޔިތުން ވެސް މިބަލީގެ އިތުރު އަތުވެދާނެކަމަށް ތައްޔާރުވެ ރައްކާތެރިވާންވީ ވަގުތު ޖެހިއްޖެއެވެ. ޚާއްސަކޮށް އައްޑޫސިޓީއަށް ކޮންމެ ހަފުތާއަކު ވެސް ދެކޮޅަށް ދަތުރުތައް އޮންނަ އިރު މިދަތުރުތައް ކުރާ ފަރާތްތަކުން ސަމާލުކަން އިތުރަށް ދޭން ޖެހެއެވެ. ތިމާގެ ސަބަބުން ރަށަށް ބަލި ނުފެތުރި ވޭތޯ ކުރެވެއް އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ ތިމާގެ ފަރުދީ ޒިްނމާއެއް ކަމުގައި ބަލަންވެއްޖެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ވަނީ 1 މެއި އިން ފެށިގެން އައްޑުސިޓިއަށް ދަތުރުކޮށްފައިވަ ފަރާތްތަކުން ގޭގައި އމިއްލައަށް ކަރަންޓީނު ވުމަށް އަގާފައެވެ. އަދި ދަތުރުކޮށްފައިވާ ފަރާތްތަކުން އެކައުންސިލަށް އަންގަން އެދިފައި ވެއެވެ. އެފަރާތްތަކުްނ އެއްބާރުލުން ދޭންވީއެވެ.

ދަތުރުފަތުރު ނުކޮށް ރަށުގައި ތިބުި ފަރާތްތަކުން ވެސް ބަލި ފެތުރިދާނެ ކަންކަމަށް ސަމާލުވާން ޖެހެއެވެ. ތިމާ ބައްދަލުވާ މީހުންގެ އަދު މަދުކުރުމަށް ވިސްނަން ޖެހެއެވެ. ކިތަންމެ ފަރުވާތެރިވެގެން އުޅުނަސް ބަލި އަތުވެދާނެ ކަމަށާއި ބަލއި އަޔަސް ބަލި ކޮންޓްރޯލް ކުރެވެން އޮތީ ކޮންޓެކްސް މަދުކޮށްގެން ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދޭން ޖެހެއެވެ.

ދެވަނަ ޑޯޒް ޖެހުމަށް ކުރުނދުމާ މާލަމުގައި ކިއުގައި ތިބި މީހުން

ކޮންމެ ދުވަހަކުވެސް ހޯމް ކަރަންޓީނަށް މާލެއިން ރަށަށް މީހުން އަންނަކަން ވިސްނައި އެއިން މީހެއްގައި ނޭނގި ބަލި ހުރެދާނެ ކަމަށް ވިސްނައި އެމީހުންނަށް ފާރަވެރިވާންވީ ފުލުހުންނާއި ސިޓީ ކައުންސިލްގެ ފަރާތުން އެކަންޏެއް ނޫނެވެ. އެންމެވެސް އެކަމުގައި އެހީތެރިވާންވީއެވެ. ހޯމް ކަރަންޓީނުގައި ހުންނަ ބޭރުގައި އުޅޭކަން އެނގޭ ހިސާބުން އެކަން ކަމާއިބެހޭ ފަރާތަށް އަންގަން ވީއެވެ. ނުވަތަ އޭނާކައިރީ އެކަން އެގޮތަށް ނުކުރުމަށް ހަނދާންކޮށް ދޭންވީއެވެ. ރަށުގެ އެންމެންގެ ސަލާމަތައްޓަކައެވެ. ރަށުގެ އެންމެނަށް ލިބިފައި ވާ ލުއިތައް ބީވެގެން ދިޔަ ނުދިނުމައްޓަކައެވެ. އަލުން ރަށް މޮނިޓަރިން ހާލަތަށް ދިޔަ ނުދިނުމަށް ދެވޭ އެއްބާރުލުމެއްގެ ގޮތުގައެވެ.

އިއްޔެ މިވަނީ ފުވައްމުލައް ސިޓިއން ވެސް ހޯމް ކަރަންޓީނުން އިތުރުމީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި އެއިގެ ކުރީ ދުވަހު ދަތުރުކުރި ފަރާތެއް ބައްޔަށް ބައްޔަ ޕޮޒިޓިވްވެ ވެފައި ވެއެވެ. މަޑުމަޑުން ފެންނަ ޕޮޒިޓިވް ކޭސްތައް އިތުރުވާކަން މިއިން ހާމަވެއެވެ. ވުމާއެކު މިހާރު އޮތް އެނެމް މުހިންމު ފިޔަވަޅަކީ ހޯމް ކަރަންޓީނަށް އަންނަ ފަރާތްތަކުން ވެސް އުސުލުތަކާއި އެއްގޮތަށް ކެތްތެރިކާމާއެކު ކަރަންޓީނު ކުރެވޭ ތަނެއްގައި މުއްދަތު ހަމަވަނަދެން ތިބުމާއި ރަށުތެރެއަށް ނުކުންނަން ޖެހޭ މީހުންވެސް ނުކުތުން މަދުކުރުމަށް ވިސްނައި ނުކުތް ނަމަވެސް ތިމާ ބައްދަލުކުރާ މީހުންގެ އަދަދު މަދުކުރުން މުހިންމެވެ. މާސްކު އެޅުމާއި ގައިދުރުކަން ޚިޔާރުކުރުމާއި ރެސްޓޯރަންޓް ތަކުގައި މުހިންމު ނޫން ވަގުތު ހޭދަ ނުކުރުމަށް ވިސްނުމެވެ.

ކުރިޔަށް އޮތީ މުސްލިމުންގެ އީދެވެ. އީދުއަންނަން ވާއިރަށް ރަށުގައި ބަލިގެ ހާލަތު ގޮސްވިޔަ ނުދީ ބޭއްވޭތޯ އެންމެވެސް މަސައްކަތް ކުރުން މުހިންމެވެ. އަދި މިއަދު ފެށުނު އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް ވެސް އިމްތިހާނު ހަދާ ކުރާ ދަތުރުތަކަށް ވެސް އިތުރު ދަތިތަކެއް ކުރިމަތިވިޔަ ނުދީ ބެއްވުމަށް އެންމެންގެ އެއްބާރުލުން މުހިންމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !