A wide advertisement which will be shown on all devices. (700 x 100)

ގެދޮރުވެރި ކުރުމުގެ ލޯނުން ހެޔޮ ބަދަލެއް ލިބޭނެ

ގެދޮރުވެރިކުރުވުމުގެ ލޯން - ލުޔެއް ލިބިގެންދާނެ

އިއްޔެ ސަރުކާރުން ހުޅުވާލި ގެދޮރުވެރިކަމުގެ ލޯނަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ އިންޓަރެސްޓް ރޭޓާއެކު ދޫކުރާ ލޯނުކަން ހާމަވެއެވެ. އެގޮތުން އެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ %6 އެވެ.

ގެދޮރުވެރިކަމުގެ ލޯނަކީ އެމީހާ ވިޔަފާރި އުސޫލުން ގެއެއް އެޅުމަށް ދޫކުރާ ލޯނެއް ނޫނެވެ. އެއީ އަމިއްލަ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ދޫކުރާ ލޯނެއް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކޮންމެ މީހަކަށް ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ އޭނާ ބޯހިޔާވަހިކަން ހޯދުމަށް ބޭނުންވާނެ މިންވަރުގެ %80 ކަމަށް ވެއެވެ. އަނެއް %20 އަކީ އެމީހަކު އަމިއްލަ އިން ހޭދަކުރަން ޖެހޭ މިންވަރެވެ.

އެގޮތުން ބަލާއިރު ބޯހިޔާވަހިކަމެއް ގާއިމުކުރުމަށް 7 ލައްކަ ރުފިޔާގެ ލޯނަކަށް އެދޭ މީހާ އިތުރު 1 ލައްކަ 75 ހާސް ރުފިޔާ އެކަމަށް ޚަރަދުކުރަން ޖެހޭނެ ކަމަށް ބަލާފައި ވެއެވެ. އެގޮތުުން ޖުމުލް 8 ލައްކަ 75 ހާސް ރުފިޔާ އިން ރަށެއްގައި އާއްމު ފެންވަރެއްގައި އެކަށީގެންވާ ގެއެއް (3 ކޮޓަރި ނުވަތަ 2 ކޮޓަރި) ބިނާކުރެވޭނެ ކަމަށް މިދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.

މިސަރުޚާރުގެ ރިޔާސީ ވައުދު – ގެދޮރުވެރި ކުރުވުމުގެ ވައުދު

ނަމަވެސް ބައެއް މީހުންގެ ކަންބޮޑުވުން ފާޅުކުރާނީ ލޯނަށް ލިބޭ 7 ލައްކަ ރުފިޔާއިން ގެއް ނޭޅެނެ ކަމަށް ބުނެއެވެ. އަދި 7 ލައްކަ ރުފިޔާގެ ލޯނުގެ ފީއެއް (އިންޓަރެސްޓް) ގެ ގޮތުގައި 5 ލައްކަ ރުފިޔާ އިތުރަށް ދައްކަން ޖެހޭ ކަމަށް ބުނެއެވެ. ނަމަވެސް އެއީ 20 އަހަރު ދުވަހުގެ މުއްދަަށް ބަހާލައިގެން ދައްކަން ޖެހޭ ޖުމުލަ އަދަދުކަން ވިސްނާލުން ރަނގަޅެވެ.

މިލޯނުގައި ރަހުނު ކުރެވެނީ އެ އަޅާ އިމާރާތެއް ކަމުން އެއީވެސް މި ލޯނު ހޯދުމަށް ރައްޔިތުންނަށް ފަސޭހަވެގެން ދާނެ ކަމެކެވެ. ހަގީގަތަކީ މި ލޯނުގެ ފުރުސަތު ވެސް ބޭނުންވާ އެންމެނަށް ލިބުމުގެ ފުރުސަތު ވެސް ނޯންނާތީއެވެ. އެއީ މިޕްރޮޖެކްޓްގެ ބަޖެޓްގައި ހިމެނޭ ވަރަށް ލޯނު ދޭއިރު އެއަށްވުރެ ގިނަ މީހުން މިގޮތުގައި ވެސް ލޯނު ނަގަން ބޭނުން ވެފައި ތިބޭނެތީއެވެ.

މި މިންވަރުން ލޯނު ނަގައިގެން ގެ ނޭޅޭ މީހުންނަށް ސަރުކާރުގެ ކައުންސިލް ހައުސިން އުސޫލުން ތަންތަން ކުޑަކުށްޔަށް އުޅޭ ގޮތަށް ދިނުމުގެ އިންތިޒާމު ހަމަޖެއްސުން ރަނގަޅުވާނެއެެވެ. އެއިރުން ކަނޑައެޅޭ ވަކި މިންގަޑެއްގެ ގެއެއްގައި ކުޑަކުށްޔެއްގައި އެމީހުންނަށް އުޅެވެނެ ގޮތް ހަމަޖެހިގެންދާނެއެވެ. ނަމަވެސް އެއީ މިލްކުކުރެވޭނެ ގެއްނޫނެވެ. ގިނަފަހަރާ އެޕާޓްމެންޓެކެވެ. ނުވަތަ ކުދަ ފުލެޓެކެވެ.

މިލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ؛ އަލަށް ގެ އިމާރާތްކުރުމަށާއި، ގެ މަރާމަތުކުރުމަށް ނުވަތަ ހަދަން ފަށަފައިވާ އިމާރާތެއް ނިންމުމަށެވެ. އަދ މިލޯނުގެ ރަހުނު ކުރެވޭނީ އެއިމާރާތެއް އެކަންޏެވެ. އިތުރު ރަހުނެއް ހޯދާކަށް ނުޖެހެއެވެ. ގެރެންޓާއެއް ހޯދާކަށް ނުޖެހެއެވެ.

15 އަހަރުން ދައްކާގޮތަށް ނަމަ މަހަކު 5907 ރުފިޔާ ދައްކަން ޖެހެއެވެ. މިގޮތުން ލޯންފީއަކީ މަހަކަށް 2018 ރުފިޔާއެވެ.

20 އަހަރުން ނަމަ މަހަކު 5015 ރުފިޔާ ދައްކަން ޖެހެއެވެ. މިގޮތުން ލޯންފީއަކީ މަހަކަށް 2098 ރުފިޔާއެވެ.

މިސަރުޚާރުގެ ރިޔާސީ ވައުދު – ގެދޮރުވެރި ކުރުވުމުގެ ވައުދު

ބޯހިޔާވަހިކަމަކަށް މިވަރުގެ ލޯނެއް ނެގުން ބޮޑުކަމަށް ބުނާ މީހުންނަށް ރާއްޖެއަކުން އިތުރު ހެޔޮއަގުގައި ލޯނު ލިބޭނެ ކަމަކަށް ނުބެލެވެއެވެ. އެއީ ބާޒާރުގައި ހައުސިން ލޯނު އެންމެ ކުޑަކޮށް ވެސް ހުރީ %11 އިންޓަރެސްޓްގައި އަދި ރަހުނު ކުރަންޖެހޭ ގޮތަށް ކަމަށް ވުމެއެވެ. ޚާއްސަކޮށް ގިނަ ރަށްރަށުގައި ބިމުގެ އަގު ދަށްކަމުން ރަހުނުކުރެވޭ ވަރެއް ނުވެއެވެ.

މިއީ ރައްޔިތުން މީހާ ގެދޮރުވެރިކުރުން ނޫންކަމަށާއި މިއީ ރައްޔިތުމިހާ ދަރަނިވެރިކުރުން ކަމަށް ބުނާއިރު، މިހާރު ރައްޔިތުމީހާގެ ޚަރަދުތައް އަމިއްލައަށް ބާލާލުމުން އެމީހަކު ދަރަނިވެރިވަނީ ކީއްވެެގެންކަން ސާފުވާނެއެވެ. ތިމާއަށް ގެއެއް އަޅާނެ ބިމެއް މިލިބެނީ ހިލޭ ކަމަށްވާއިރު މުސްތަގުބަލުގައި ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަސް ރައްޔިތުމީހާ ގެއެޅުމަށް ފުރަތަމަ ބިން ގަންނަން ޖެހޭތަން ވެސް ފެނުން ގާތެވެ. އޭރުން ބިން ގަނެވޭއިރު ތިމާ ހުންނާނީ މިކަހަލަ ދަރަނިވެރިއަކަށް ވެފައެވެ. އަދި އެބިމުގައި ގެއެއް އެޅުމުން މިވަރުގެ “ދެ ދަރަނި ބޮލަކަށް” މީހާ ވެގެން ދާނެ ނޫން ބާވެއެވެ؟

ކޮންމެކަމަކީ ވެސް އެމީހަކު ދެކޭގޮތަކުން ރަނގަޅު ނުވަތަ ނުރަނގަޅު ކަމަކަށް ވެގެން ހިނގައިދާނެއެވެ. އެގޮތުން ގެދޮރުވެރިކަމުގެ ލޯނާއިމެދު ވެސް ނެގަޓިވް ވިސްނުމަކުން ބަލާނަމަ ފެންނާނީ އެއީ ގޯސް އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް އެއީ ފުރުސަތެއް ކަމަށް ދެކިގެން މަސައްކަތް ކުރާ މީހާއަށް އެކަމުގެ މަންފާ ހޯދިދާނެއެވެ. ގެއެއް ބިނާ ނުކުރެވި ތިބި ގިނަބަޔަކަސް މިފުރުސަތުން އެއް ބިނާ ކުރެވިދާނޭ ހެޔޮ ބަދަލެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !