A wide advertisement which will be shown on all devices. (700 x 100)

މާލޭގައި ބިންވެރިން ރާއްޖެތެރޭގައި ގެދޮރުނެތް ނިކަމެތިން

 މާލޭގެ 20 އަހަރުން މަތީގައި މިހާރު ބިންވެރިއެއްނޫނީ ނެތޭ ދެންނިވިއަކަށް ދޮގަކަށް ނުވެދާނެއެވެ. ނަމަވެސް ރާއްޖެތެރޭގައި 45 އަހަރުން މަތީގެ އެތަކެއް ބަޔަކަށް އަދިވެސް ބިންކޮޅެއްނޫނީ ފްލެޓެއްހާ މިންވަރުވެސް ނުލިބި ސަލާންޖަހަނީއެވެ.  މިއީ އަނެއްކާވެސް ރާއްޖެތެރެއާއި މާލެއާއި ދެމެދު ގެންގުޅުނު ޒަމާންވީ ތަފާތުކުރުމަށް އިތުރުވި ބޮޅެއްނޫންބާވައެވެ. ދިވެހި ފަހުގެ ތާރީޚުގައިވެސް ރާއްޖެތެރޭމީހަކު ވެރިކަންކުރި ފުރަތަމަ ފަހަރުވެސް ރާއްޖެތެރޭމީހާނިކަމެތި ވެއްޖެނޫންބާވައެވެ. ރާއްޖެތެރޭގެ ގިނަ  ރަށްރަށަށް އުމްރާނީ ތަރައްގީ ގެނެސްދެއްވި ބަތަލުކަމަށް ބުނާ ރައީސް މިކުރެއްވީ ރާއްޖެތެރޭ މީހާ ފެލާލާ މާލެމީހާ މުއްސަދިކުރުވުމުގެ އުސޫލެއް ނޫންބާވައެވެ. ނޫނީ ރާއްޖެތެރޭ މީހާގެ ބޮލުގައި ލޯނު އަޅުވައި މާލެ މީހާ މުއްސަދިކުރުވުމުގެ ކަމެއްނޫންބާވައެވެ. މިކަމުގެ އާޚިރު ނަތީޖާ ވިސްނާލި ބާވައެވެ. ނޫނީ ވިސްނަނީ ކިތަށްމީހުން ބާވައެވެ.

މާލޭގެ ރައްޔިތުންނަށް މިބަހާލި ބިންތަކާއިއެކު މާލޭގެ ރައްޔިތުންގެ ގޮތުގައި  މާނަކުރި އުމުރުން 20 އަހަރުން މަތީ ހުރިހާ އެންމެންނަށްހެން ގޯތިލިބުނީކަމަށް ކިޔާ އަޑުއިވެއެވެ. އެހެންކަމުން، މާލެމީހާ ނޫނީ މާލޭގެ ރައްޔިތުން ކަމަށް މާނަކުރުމުގައި ސަރުކާރުން ގެންގުޅުނީ އެންމެ ރަގަޅު އުސޫލުތޯއެވެ. އެއުސޫލު ރާއްޖޭގެ ގާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ނ) އާއި ތައާރުޒުނުވޭބާވައެވެ. އެމާއްދާގައި ދައްކަނީ ދަތުރުފަތުރުކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަމުގެ ވާހަކައެވެ.

އެރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ޚިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއިެކު ލިބުމުގެ ހައްގު އެރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ

 އެރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ޚިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއިެކު ލިބުމުގެ ހައްގު އެރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.” ގާނޫނޫ އަސީގެ 41 މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މިހާރު މިއުފެދޭ ސުވާލަކީ މާލެއިން ބަހާލި ގޯތިތައް ބަހާލީ ހަމަހަމަ އުސޫލަކުން ބާވައެވެ. މާލޭގައި ދިރިއުޅެ މާލެއަށް އުފަންވި އެތައްބަޔަކު މާލޭގެ ދަފުތަރުގެ ބަދަލުގައި އެމީހާގެ މައިންބަފައިންގެ ރަށުގައި ރަޖިސްޓްރީކޮށްފައި އެބަހުއްޓެވެ. އެބައިމީހުންގެ އުމުރުން 40 އަހަރުން މައްޗަށް ދިޔަ ނަމަވެސް،  މާލެއިން ބަހާލި ގޯތިން މިވަނީ މަހުރޫމުވެފައެވެ. އެފަރާތްތައް މާލޭގެ ގޯތިން މަހުރޫމުވެފައިވަނީ އެފަރާތްތަކުގެ މައިންބަފައިން މާލޭގައި ކުއްޔަށް ދިރުއުޅުމުގެ ސަބަބުން މާލޭގެ ދަފުތަރުގައި ޖައްސަންނޭގުމުން ނޫނީ ދަފުތަރުގެ މުހިންމުކަން ނޭގުމުންނެވެ. ނަމަވެސް، މާލޭގެ ގެދޮރުހުރި އެގެދޮރު 10 ބުރިއަށް އިމާރާތްކޮށްފައިވާ މާލޭގެ ރައްޔިތުގެ މީހާގެ އުމުރުން 30 އަހަރުނުވާ ދަރިފުޅަށް ގޯތިލިބުނެވެ. މިއީ ހަމަހަމައުސޫލެއްބާވައެވެ. އެހެންކަމުން ގާނޫނު އަސާސީގެ 41 މާއްދާގެ (ނ) ގައި އެބުނާ  ހައްގު ލިބުނުހެއްޔެވެ. މާލޭގައި ވަޒަންވެރިވެގެން ދިރިއުޅުނު މާލެ ރާއްޖެތެރޭ މީހާ (މިސަރުކާރުން އެފަދަ މީހުން މާލޭމީހުންނަށް ބަލައިނުގަންނަ މީހުން) އަށް ހަމަހަމަ އުސޫލުން ގޯތިގެދޮރުގެ ހައްގު ލިބުނުހެއްޔެވެ. މިސުވާލަށް ޖަވާބުދެއްވުމަށް ގާނޫނީ މާހިރުންނަށް ދޫކޮށްލުމަށްފަހު އެހެން ވާހަކައެއް ދައްކާލަމާ ހިގާށެވެ.

 މާލޭގެ ރައްޔިތުންނަށް ބިންދޫކުރަމުންދާއިރު ރާއްޖެތެރޭގެ މަދުރަށްރަށްތަކެއް ފިޔަވައި އެހެން އެއްވެސް ރަށަކުން ގޯތި ދޫނުކުރެއެވެ. ރާއްޖެތެރޭ ބައެއް ރަށްރަށުން ގޯތި ދޫނުކުރާތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ރާއްޖެތެރެއަށް އުފަން އުމުރުން 45 އަހަރުން މަތިވެފައިވާ އެތަށް ފަރާތެއް ގޯތިން މަހުރޫމުވެފައިވާ އިރު މާލޭގެ ރައްޔިތުންނަށް ގޯތިމިވަނީ ދޫކޮށްފައެވެ. ރާއްޖެތެރެއަށް އުފަން މާލޭގައި ދިރިއުޅޭތާ 50 އަހަރުވެފައިވާ  މާލެ ދަފުތަރުގައި ޖައްސާފައިވާ މީހުންނަށް، ނޫނީ މާލެއަށް އުފަން މާލޭގައި ދިރިއުޅޭ ކޮންމެވެސް ސަބަބަކާއިހެދި ކޮންމެވެސް ޒަމާނެއްގައި ރާއްޖެތެރޭގެ ދަފުތަރެއްގައި ޖެއްސުނު މީހާއަށް، ގޯތި ލިބޭނީ ކޮންތަނަކުން ތޯއެވެ. އެފަރާތްތަކަކީ މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނަށް ވާތީ އެމީހާ އުފަންވި ބިމުން ނުވަތަ ދަފުތަރުގައި ޖެއްސުނު ރަށުން ފްލެޓެއްހާ މިންވަރުވެސް ނުލިބެއެވެ. މިސަރުކާރުން މާލޭގެ ރައްޔިތުން މާނަކުރިއިރު އެނިކަމެތި މީހާ މިވަނީ މާލޭގެ ރައްޔިތަކަށްނުވެއެވެ. އެމީހާ އުފަންވި ތަނުގެ ސަބަބުން ނުވަތަ އެމީހާގެ މައިންބަފައިންނަށް ނޭގުމެއްގެ ތެރެއިން ރަޖިސްޓްރީކުރެވުނު ރަށެއްގެ ސަބަބުން ގޯތިން މަހުރޫމުވީއެވެ. އަދި ރާއްޖޭގެ އެއްވެސް ކަންކޮޅަކުން ގޯއްޗެއް ލިބޭނެކަމުގެ އުއްމީދު ގެއްލުނީއެވެ. މިފަދަ މީހުންނަށް ވައުދެއްވާނީ ކޮން ސިޔާސީ ލީޑަރެއް ހެއްޔެވެ. މިއީ ނިސްބަތުން މަދު ބަޔަށް ވާތީ ނިކަމެތިވީހެއްޔެވެ.

މާލެއިން ބަހާލި ގޯއްޗަކީ މާލޭގެ ރައްޔިތުން މުއްސަދިކުރާ އުސޫލެއްގެ އާ ފެށުމެއް ހެއްޔެވެ. މާލެ ސަރަހައްދުން ފަޅަށް އެތަށް ބިލިއަން ރުފިޔާއެއް އެޅުމަށްފަހު އެހިއްކާ ގޯތި ދޫކުރާ މީހުންނަށް އަންނަ ރިއާސީ އިންތިޚާބުގައި ދޫކުރާނީ އިންޓްރެސްޓް ފްރީ ލޯނެއްނޫންކަމެއްވެސް ނޭގެއެވެ. އެލޯނު ނަގައިގެން 10 ބުރިއަށް ގެ ހިއްލާލާ އެތަންތަން ކުއްޔަށް ދޫކޮށް ރާއްޖެތެރޭގެ ގެދޮރުނެތް ނިކަމެތިން ފެލާލާނީހެއްޔެވެ. އެއްކަލަ ރާއްޖެތެރޭ މީހާ ކުއްޔަށްދޭ ފައިސާއިން ދުނިޔޭގެ ކޮންމެވެސް އަގުބޮޑު މަންޒިލަކުން ގެގަނެ އެތަނުގައި އެއްކަލަ މާލޭމީހާ ދިރިއުޅޭނީ ނޫންބާވައެވެ. ރާއްޖެތެރޭގެ ނިކަމެތި މީހާގެ ދުވާލުހަތަރުދަމު ކުރާ ބުރަ މަސައްކަތުން ހޯދާފައިސާކޮޅު މާލޭގެ ގެދޮރުނެތް މީހާ ހިފައިގެން ގޮސް ދެފައިދަމާލާފައި އޮވެ ޚަރަދުކުރާނީ ވިލާތުގެ ކޮންމެވެސް ގައުމަކަށް ނޫންބާވައެވެ. އިގްތިސާދީ މާހިރުން ނަމޫނާނަގަމުންމިދާ އިގްތިސާދު  ބިނާކުރި މާލިމީގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން މާލޭ ރައްޔިތުންނަށް ދެއްވި ގޮތީގެ އިގްތިސާދީ ފައިދާކުރާނީ މިރާއްޖެއަށް ނޫނީ ވިލާތު އިގްތިސާދަށް ބާވައެވެ.

+1
4
+1
1


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޢަވަ

    މާލޭގައި އުމުރު ދުވަހު ދަފުތަރުގައި ޖައްސައިގެން އުޅުނު މީހުންގެ ހައްގުކޮބާ؟

  • ގަލަން

    ތިޔައުޅެނީ ފިތުނަފަސާދަ އުފައްދަން ރަށްރަށުގެ މީހުންނަށްވެސް ރަށުންގޯތިލިބޭ މާލޭ މީހުންނައްވެސް މާލޭން ގޯތިލިބެންވާނެ އެއީ މައްސަލައެއްނޫން ފިތުނަ ނުއުފައްދާ

  • ސަމީރު

    ހުޅުމާލެގިއްޖަންފެށީމަ ދާފްތަރުގަޖެހުނުމީހުނައް ރާއްޖެތެރެއަކުންވެސްމާލެއަކުންވެސް ބިމެއް ނުލިބުނު މީއިންސާފްތޯ