A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކަށް ފްލެޓް މާލެއަށް ގޯތި

ފުވައްމުލައް ސިޓީގައި އިމާރާތްކުރީ 200 ފްލެޓް.

ރިއާސީ އިންތިޚާބު ބޯމަތިވެ ސިޔާސީ ފަރާތްތަށް ވައުދުވަމުން މިދާ ވައުދުގެ މޫސުމުގައިވެސް މިފެންނަނީ ފުވައްމުލަކުން ފުލްޓް މާލެއިން ގޯތި ދޫކުރުމުގެ ސިޔާސަތެވެ. މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ އެންމެ ކާރޫބާރު ބޮޑު ރަށެވެ. އެރަށުގައިވެސް ތަނެއްނެތެވެ. ބިން ދޫކުރަމުން މިދަނީ ތިމާވެށި ހަލާކުކޮށް ހިއްކާ ބިމުންނެވެ. މާލޭގެ ރައްޔިތުންނަށް ބިން ދިނުމަށް އެހަލާކުކޮށްލެވެނީ މޫދުގެ ކިތަށް ދިރުން ހެއްޔެވެ. އެކަމާއި ޝަކުވާ ކުރަނީ ތިމާވެށީގެ ކޮން ޖަމިއްޔާއަކުން ހެއްޔެވެ.  އެއާއި ޚިލާފަށް ފުވައްމުލަކީ ސިޓީއެއްގެ ދަރަޖަ ދީފައިވި ނަމަވެސް، ހަމަހިމޭން އެހާ ކާރޫބާރޫ ބޮޑު ރަށެއްނޫނެވެ. ބިން ހުސްވެފައިވާކަމަށް ބުނަމުންދާއިރު ހިއްކާނެ ފަޅެއް ނެތްނަމަވެސް، ހިއްކާނެ ޗަސްބިން އެބައޮތެވެ. އެޗަސްބިމުގައި ދިރިއުޅެނީ ކިތައް ދިރުން ހެއްޔެވެ. މޫދުގައި ނުވަތަ ފަޅުގައި ހުރި ދިރުންތަކާއި އަޅާބަލާއިރު އެއީ ޗަސްބިމުގައިވާ ދިރުން ކުޑައެވެ. ތިމާވެއްޓަށް އަންނާނެ ބަދަލުކުޑައެވެ. ވީމާ ތިމާވެށީގެ އެސެސްމަންޓެއް ހެދުމަށްފަހު ހިއްކަންވީ އެވެ. މާލެއިން ބިން ދޫކުރާއިރު ފުވައްމުލަކުން އަދިވެސް ދޫކުރަންވީ ހަމައެކަނި ފްލެޓް ހެއްޔެވެ.

ދުނިޔޭގެ އެހެންކަންކޮޅުތަކަށް ނަޒަރު ހިންގާލާއިރު އެގައުމުތަކުގެ އެންމެ ކާރޫބާރުބޮޑު ސަރަހައްދުން ދޫކުރަނީ ފްލެޓެވެ. ރޯހައުސް ނުވަތަ ޓައުން ހައުސްފަދަ ގެތައް ދޫކުރަނީ ސިޓީއިން ބޭރުންނެވެ. ނޫނީ ސިޓީގެ ކާރޫބާރޫ ބޮޑު ސަރަހައްދުގެ ބޭރުންނެވެ. ނަމަވެސް ރާއްޖެއަށް ފްލެޓް ތައާރަފުވުމާއިއެކު ރާއްޖެތެރޭގައިވެސް ގެ (ޓައުން ހައުސް ނުވަތަ ރޯ ހައުސް) އެޅުމުގެ ޚިޔާލެއް ނުގެވުނެވެ. އޭގެ ބަދަލުގައި ފްލެޓް އަޅަންފެށީއެވެ. އެފްލެޓްވެސް ވިއްކަނީއެވެ. ޓައުންހައުސްއެއް ނުވަތަ ރޯ ހައުސްއެއް އިމާރާތް ކުރަނީ ދެބުރިއަށް ކަމަށްވާތީ އިމާރާތްކުރުމުގެ ޚަރަދު ކުޑަވާނެއެވެ. ރާއްޖެތެރޭގެ ސަރަހައްދުތަކަކީ ބިމުގެ އަގު އެހާ ބޮޑު ސަރަހައްދުތަކެއްނޫން ކަމުން ރޯ ހައުސް ނުވަތަ ޓައުން ހައުސް އެޅުމަށް ކުރާ ހޭދަކުޑަވެ ހެޔޮ އަގުގައި އެގެތައް ވިއްކިދާނެއެވެ. ވީމާ ކާރޫބާރުބޮޑުނޫން ސިޓީތަކަށް މިއީ ރަގަޅު މޮޑެއްއަކަށް ވެދާނެއެވެ.

+1
4
+1
1


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !