A wide advertisement which will be shown on all devices. (700 x 100)

ތިރީހުން ތިނަކަށް ބަދަލު ވެގެންދާއިރު

ލާމަރުކަޒީ ގާނޫނު އައުމާއިއެކު ރާއްޖޭގައި އިތުރު ވަޒީފާތަކެއް އަލަށް އުފެދުނެވެ. އާދެ ކައުންސިލަރުންނޭ ކިޔާ ހާހަކަށްވުރެ ގިނަ ވަޒީފާއެވެ. މަގާމުތަކަށް މީހުން ހޮވުމުގައި އެންމެ އެކަށީގެންވާ މީހުން ކުރިމަތި ނުލި ނަމަވެސް، ޕޯޑިއަމް ތަކުން ފެންނަ އެކި ކުލަ ކުލައިގެ ސިޔާސީ މީހުންތައް ކައުންސިލަރުންނަށް ހޮވެން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. ސިޔާސީ މަގާމުތަކަށް ކުރިމަގި ލާނީ ސިޔާސީ މީހުން ވިއްޔާއެވެ. 4 ލައްކަ ހަމަނުވާ (އޭރު) މި ގައުމުގެ ކޮންމެ 350 މީހުންނަށް ކައުންސިލަރަކު ހޮވިއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ބުރަ ތަކެއް ވާންފެށިއެވެ. ނަތީޖާއަކީ ޅަފަތުގެ ކައުންސިލް ތައް ކުޑަ ކުރުމަށް ސަރުކާރަށް މަޖުބޫރުވެ 400 އެއްހާ މީހުންގެ ވަޒީފާ ގެއްލުމެވެ.

މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ރަށަކީ ފުވައްމުލަކެވެ. އާދެ ތިރީސް ކައުންސިލަރުންގެ ބަދަލުގައި ގާނޫނަށް ގެނެވުނު ބަދަލާއިއެކު ތިން ކައުންސިލަރުންނަށް މަދުވުން ދާދި ގާތްވެއްޖެއެވެ. ތިރީހުގެ ފަހަތުގައި އިންނަ ސުމެއް ގެއްލެނީއެވެ. އެއާއިއެކު 26 މީހެއްގެ ވަޒީފާ ވެސް ގެއްލޭނެއެވެ. ނަމަވެސް، ރަށަކުން ސިޓީއެއްގެ ދަރަޖަ އަށް އުފުލޭނެއެވެ. ކުރަންވީ ހިތާމަ ކަމެއް ނުވަތަ ވާންވީ އުފާ ކަމެއް ނޭގުނެވެ.

ސައްބީސް މީހެއްގެ ވަޒީފާ ގެއްލޭ ވާހަކަ މިދެއްކެނީ ސަބަބެއް އޮވެގެނެވެ. ސަބަބަކީ މީގެ ކުރިން ވެސް ބަޔަކު ސިޓީއަކަށް ބަދަލު ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ސައްބީސް ވަޒީފާ ގެއްލޭތީ އެކަމާއި ދެކޮޅަށް ނިކުތް މީހުން މިއަދު އެނިކުތީ އެ ސައްބީސް ވަޒީފާ ގެއްލުވާލާށެވެ. އޭރު ގޯސްވީ ސިޓީ އުރަ މިއަދު ރަގަޅު ވެއްޖެއެވެ. ދުނިޔެ ހިގާ ބީދައިންނެވެ.

ނަމަވެސް، ފުވައްމުލަކު ރައްޔިތުން އުފާ ކުރުން ހައްގެވެ. ތިންވަނަ ސިޓީއަށް ވުމުގެ ފަޚުރު ލިބުމެވެ. މިއަދު އެގާނޫނު ބަދަލު ނުވިނަމަ އެ މަގާމު ނުލިބިދާނެތީ އެވެ. ސަބަބަކީ ފުވައްމުލަކުގެ އާބާދީ އިތުރުވާ ނިސްބަތް ކުރިއަރަމުން އެހެން ރަށް ތަކަށް ވުރެ ދަށްވުމެވެ. ޚާއްސަ ކޮށް ކުޅުދުއްފުއްޓާއި ތިނަދޫ އެވެ. އިސާހިތަކު ކުޅުދުއްފުށީގެ ރައްޔިތުންގެ އާބާދީ ފުވައްމުލަކަށް ވުރެ އިތުރު ވެދާނެއެވެ. މިހާރުވެސް ކުޅުދުއްފުށީގައި ދިރިއުޅޭ މީހުންގެ އާބާދީ ފުވައްމުލަކަށްވުރެ އިތުރެވެ.

ދެން އޮތީ ބޮޑު ސުވާލެވެ. ސިޓީއަކަށްވެގެން ވަނީ ކޮންކަމެއްތޯއެވެ. ހަމަ ޔަގީނުންވެސް ނަންރީއްޗެވެ. ސިޓީއަކަށްވުމުން އިތުރު ކަންތައްތަކަށް މަގުފަހި ވެދާނެއެވެ. 

އޭގެ އަނެއްކޮޅެވެ. 26 ވަޒީފާ ގެއްލޭ ކަމަށް ވަންޏާ އެ 26 މީހުން އަނެއްކާވެސް ރަށް ދޫކޮށް ހިޖުރަ ކުރަން މަޖުބޫރުވާނެއެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !