A wide advertisement which will be shown on all devices. (700 x 100)

ވޯޓު ހޯދުމަށް ފައިސާބަހައިގެން މަޖްލީސް19 ނަޒާހަތްތެރި ވާނެތޯ؟

މިދުވަސްވަރަކީ އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖްލީހުގެ ކެމްޕެއިން ފޯރިއާއި އެކު ކުރިޔަށްދާ ދުވަސްވަރެވެ. އެހެން ނަމަވެސް ކެމްޕެއިން ކުރިޔަށް ދާއިރު ވިސްނާލަން މުހުންމު ކަންތައްތަކެއް އެބަހުއްޓެވެ.

ރައްޔިތުންގެ މަޖްލީހުގެ އިންތިހާބަކީ، އާންމު އިންތިހާބެކެވެ.ފަރުދީ އިންތިހާބެއް ނޫނެވެ.އެހެން ނަމަވެސް ހިތާމައަކީ މި އިންތިހާބާއި ދިމާކޮށްވެސް، މި ފެނިގެންދަނީ، ނުވަތަ އަޑުއިވިގެން މިދަނީ ވަކިވަކި ފަރުދުންނަށް، ނުވަތަ ޖަމާއަތަކަށް އަމާޒުކޮށްގެން ވައުދުވެ، އެމީހުންގެ ވޯޓުތަށް ކަށަވަރުކުރުމަށް ފައިސާ ބަހާ އަޑެވެ. މިގޮތަށް 19 ވަނަ މަޖްލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ އަމަލުތަށް ހުރިނަމަ، ކިހިނެތްތޯ؟ މަޖްލީސް 19 ނަޒާހަތްތެރިވާނީ؟ ކިހިނެތްތޯ މަޖްލީސް 19 ތަފާތު ވާނީ؟

ރައްޔިތުންނޭވެ! ތިޔަ ލޮބުވެތި ރައްޔިތުން، ދެއްވާ ވޯޓަކީ ތި ރައްޔިތުންގެ އަމިއްލަ ޖީބަށް ބަރުކޮށްފައި ދޭވޯޓަކަށް ނަހައްދަވާށެވެ.އޭގެ ބަދަލުގައި ގާނޫނު ހަދާ މަޖްލީހަށް، ތި ލޮބުވެތި ރައްޔިތުންގެ އާންމު މަސްލަހަތާއި އެއްގަތަށް ވަކާލާތުކުރާނެ މެމްބަރުންނަށް ކުރިޔަށް އޮތް އާންމު އިންތިހާބުގައި ވޯޓު ދެއްވާށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !