ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ގުރުއާން މުބާރާތް އޮންލައިންކޮށް ގޫގުލް މީޓް އިން މިއަދު ފަށައިފިއެވެ. ކޮންމެ އަހަރަކު ބާއްވާ މިމުބާރާތް މިފަހަރު އޮންލައިންކޮށް ބާއްވަނީ ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކޮށްފައިވުމާއި ގިނަމީހުން އެއްތަނަކަށް އެވެގެެން ކުރިޔަށް ގެންދާ ހަރަކާތައް މަނާކުރެވިފައި ވުމުންނެވެ.
މިއަދު ހެނދުނު މުބާރާތް ފެށުމުގެ ގޮތުން ޕްރިންސިލް އިސްމާއީލް ސައުދުﷲ މުބާރާތުގެ ކުރު ތައާރައް ދެއްވިއެވެ. ޕްރިންސިޕަލް ވިދާޅުވިގޮތުގައި އޮންލައިންކޮށް ކުރިޔަށް ގެންދެވޭ މިމުބާރާތުގައި ދަރިވަރުންގެ ހުނަރު އެންމެ ފުރިިމަގޮތުގައި ދެއްކޭތޯ މަސައްކަތް ކުރުމަށް އެދިވަޑައިގަތެވެ. ޖަޖުންގެ އިރުޝާދާއި އެއްގޮތަށް ދަރިވަރުން ކިޔަވާއިރު، މުބާރާތަށް އިންސާފުކުރުމުގައި ޖަޖުން ވެސް އޮންލައިން ހާލަތެއްކަން ވިސްނައި ވަޑައިގެން، އެބޭފުޅުންގެ އިލްމާއި ހިލްމު ބޭނުންކުރައްވަައިގެން ކަކަން ނިންމުމަށް އެދިވަޑައިގަތެވެ.
މުބާރާތް ފެށުމުގެ ގޮތުން އޮންލައިންކޮށް ގުރުއާން ކިޔަވައި ދިނީ ގްރޭޑް 12 ގެ ދަރިވަރު ޒީން އަލީ މުހައްމަދު އެވެ. މުބާރާތުގައި ދަރިވަރުން ކިޔަވަނީ ގޭގައި ތިބެގެން އިންޓަނެޓް މެދުވެރިކޮށް ވީޑިއޯ އޮންކޮށްގެންނެވެ.
މި މުބާރާތުގައި 33 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މުބާރާތުގެ ޖަޖުންނަކީ ހާފިޒު މުފީދު އާއި ސަފުއާން އެވެ.
ކުރިން މުބާރާތް ފެށުމަށް ހަމަޖެހިފައި އޮތީ މާރިޗު މަހުގެ ތެރޭގައެވެ. ނަަމަވެސް ކޯވިޑް-19 އާއި ގުޅގެން މުުބާރާތް ލަސްވީ ކަމަށް މުބާރާތް ކުރިޔަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ ޏ.އޭއީސީގެ އިސްލާމިކް ފޯރަމް (އިސްލާމް ކްލަބު)ގެ ޓީޗަރ ނާޒުމާ އަހުމަދު ހާމަކުރެއްވިއެވެ.
މި މުބަރާތުގެ ކިޔެވުން މާދަމާ މެންދުރު 13:30 ގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެ. އަދި މުބާރާތުގެ ކިޔެވުން ފޭސްބުކް ލައިވް އިން ވަގުތުން ދައްކަމުން ދެއެވެ.
ޚިޔާލުތައް