ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ގުރުއާން މުބާރާތް އޮންލައިންކޮށް ގޫގުލް މީޓް އިން މިއަދު ފަށައިފިއެވެ. ކޮންމެ އަހަރަކު ބާއްވާ މިމުބާރާތް މިފަހަރު އޮންލައިންކޮށް ބާއްވަނީ ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކޮށްފައިވުމާއި ގިނަމީހުން އެއްތަނަކަށް އެވެގެެން ކުރިޔަށް ގެންދާ ހަރަކާތައް މަނާކުރެވިފައި ވުމުންނެވެ.
މިއަދު ހެނދުނު މުބާރާތް ފެށުމުގެ ގޮތުން ޕްރިންސިލް އިސްމާއީލް ސައުދުﷲ މުބާރާތުގެ ކުރު ތައާރައް ދެއްވިއެވެ. ޕްރިންސިޕަލް ވިދާޅުވިގޮތުގައި އޮންލައިންކޮށް ކުރިޔަށް ގެންދެވޭ މިމުބާރާތުގައި ދަރިވަރުންގެ ހުނަރު އެންމެ ފުރިިމަގޮތުގައި ދެއްކޭތޯ މަސައްކަތް ކުރުމަށް އެދިވަޑައިގަތެވެ. ޖަޖުންގެ އިރުޝާދާއި އެއްގޮތަށް ދަރިވަރުން ކިޔަވާއިރު، މުބާރާތަށް އިންސާފުކުރުމުގައި ޖަޖުން ވެސް އޮންލައިން ހާލަތެއްކަން ވިސްނައި ވަޑައިގެން، އެބޭފުޅުންގެ އިލްމާއި ހިލްމު ބޭނުންކުރައްވަައިގެން ކަކަން ނިންމުމަށް އެދިވަޑައިގަތެވެ.

އޮންލައިންކޮށް ބާއްވާ ގުރުއާން މުބާރާތް ހުޅުވުމުގެ ގޮތުން ޕްރިންސިޕަލް ސައުދުﷲ ޥާހަކަ ދައްކަވަނީ 2020
މުބާރާތް ފެށުމުގެ ގޮތުން އޮންލައިންކޮށް ގުރުއާން ކިޔަވައި ދިނީ ގްރޭޑް 12 ގެ ދަރިވަރު ޒީން އަލީ މުހައްމަދު އެވެ. މުބާރާތުގައި ދަރިވަރުން ކިޔަވަނީ ގޭގައި ތިބެގެން އިންޓަނެޓް މެދުވެރިކޮށް ވީޑިއޯ އޮންކޮށްގެންނެވެ.
މި މުބާރާތުގައި 33 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މުބާރާތުގެ ޖަޖުންނަކީ ހާފިޒު މުފީދު އާއި ސަފުއާން އެވެ.

ގުރުއާން މުބާރާތުގެ ދެ ޖަޖުން ހަފިޒު މުފީދު އަދި ސަފުއާން
ކުރިން މުބާރާތް ފެށުމަށް ހަމަޖެހިފައި އޮތީ މާރިޗު މަހުގެ ތެރޭގައެވެ. ނަަމަވެސް ކޯވިޑް-19 އާއި ގުޅގެން މުުބާރާތް ލަސްވީ ކަމަށް މުބާރާތް ކުރިޔަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ ޏ.އޭއީސީގެ އިސްލާމިކް ފޯރަމް (އިސްލާމް ކްލަބު)ގެ ޓީޗަރ ނާޒުމާ އަހުމަދު ހާމަކުރެއްވިއެވެ.
މި މުބަރާތުގެ ކިޔެވުން މާދަމާ މެންދުރު 13:30 ގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެ. އަދި މުބާރާތުގެ ކިޔެވުން ފޭސްބުކް ލައިވް އިން ވަގުތުން ދައްކަމުން ދެއެވެ.

ޏ،އޭއިސީގެ 2020 ވަނ ައަހަރުގެ ގުރުއާން މުބާރާތް
5
4
3
2
1
- ޏ.އޭއީސީގެ 40 ވަނަ އަހަރާއިއެކު މުޅި އަހަރު ދުވަހުގައި ގިނަ ހަރަކާތަކެއް ކުރިޔަށް ގެންދަނީ
- މިއަހަރުގެ މަތީ ސާނަވީ އިމްތިހާނު ޏ.އޭއީސީގައި މިއަދު ފަށަނީ
- 2019ގެ އޯލެވެލް އިމްތިހާނުން ޏ.އޭއީސީ އިން ރަން ވަނަތަކެއް ޙާސިލުކޮށްފި
- ޏ.އޭއީސީގެ ގްރޭޑް 11 ގެ ޖާގައަށް ހުޅުވާލައިފި
- ޏ.އޭއީސީގެ ދަރިވަރުންގެ ހެލްތު ސްކްރީނިން ހަދަނީ