މިއަދު ވެސް ފުވައްމުލަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމީ އިންޒާރުގެ ޔެލޯ އެލާރޓް ނެރެފިއެވެ.
މިއދު ޔެލޯ އެލާޓް ނެރެފައިވަނި ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމަށެވެ. އެގޮތުން މިއަދު އާއްމު ވައި ޖެހޭނެކަމަށް ލަފާކޮށްފައި ވަނީ 25 މޭލާއި 30 މޭލާއި ދެމެދުގައެވެ. ނަމަވެސް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ މޯލްޑިވްސް މީޓިއޮރޮލޮޖީން މުސުން ލަފާކޮށްފައިވެއެވެ.
މިއަދު ވެސް މެންދުރު ކުރީ ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭ ވެހިފައިވެއެވެ. އަދި މިހާރުވެސް ވަރަށް ވައިގަދައެވެ.

މިއަދު ވެސް ފުވައްމުލައް ސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި
މިމަހު 14 ވަނަ ދުވަހު ވެސް ފުވައްމުލައް ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވެއެވެ. މީގެ ދެދުވަސް ކުރިން މިމަހު 15 ގައި މެދު ރާއްޖެ ތެރެއަށް އޮރެންޖް އެލާޓް ވެސް ނެރެފައި ވެއެވެ. މިއީ މިފަހަކުން ރާއްޖޭގައި ނުނެރޭހާ މަތ މޫސުމީީ އެލާޓެކެވެ.
މިހާރު ކުރަމުން މިދާ ވިއްސާރާގައި ފުވައްމުލައް ސިޓީގެ ބައެއް ގެތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ. އެގޮތުން ބޮޑެތި ގަސްތައް ވެއްޓި ފާރުތަކާއި ފުރާޅުތަކަށް ގެއްލުން ލިބިފައި ވެއެވެ.

ވައިގަދަވެ މޫސުމް ގޯސްވެ ގޭގޭގެ ފުރާޅަށް ގަސްތައް ވެއްޓިފައިވޭ
ވިއްސާރައާއި ގަދަވައިގެ ސަބަބުން ބައެއް ގޭގެއަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިން ހާމަކޮށްފައި ވެއެވެ. އަދި ވިއްސާރައިގައި ގެއްލުންވާ ފަރާތްތަކުން އެކަން ސިޓީ ކައުންސިލްގެ 7315001 ނަމްބަރު ފޯނަށް ގުޅުއްވައި އަންގައި ދިނުމަށް ސިޓީ ކައުންސިލުން އެދިފައިެވއެވެ.

ވައިގަދަވެ ގަސްތައް ވެއްޓި ފުރާޅަށް ގެއްލުން ލިބިފައިވޭ.
ޚިޔާލުތައް