A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ހޯމް ކަރަންޓީން 3 ވަނަ ގްރޫޕުގެ ސާމްޕަލް ނަގައިފި

ހޯމް ކަރަންޓީނު ކުރެވިފައިވާ މީހުން ދޫކޮށްލުމުގެ ކުރިން ޓެސްޓް ހެދުމަށް ސާމްޕަލް ނަގަނީ

ފުވައްމުލައް ސިޓީގައ ހޯމް ކަރަންޓީނު ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން 3 ވަނަ ބުރުގެ މީހުންގެ 50 ފަރާތެއްގެ ސާމްޕަލް ނެގުމުގެ އިއްޔެ ހެނދުނު ފަތިހުން ފެށިގެން ކުރިޔަށް ގެން ގޮސް ންމާލައިފިއެވެ.

މިމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ފުވައްމުލަކު ހޮސްޕިޓަލްގެ ސިއްޙީ އެހީތެރިންގެ ޓީމަކުން ކަމަށް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައިދު ހާމަކުރައްވާފައި ވެއެވެ. ކަރަންޓީނުގައި ތިބޭ މީހުންގެ ގޭގެއަށް ގޮސްފައި ވަނީ 3 މީހުންގެ ގޫރޫޕްތަކަކުން ކަމަށެވެ.

“ރޭވިފައިވާ ގޮތަށް ކުރިޔަށް ދާނަމަ ސާމްޕަލް ނެގުމުގެ މަސައްކަތް ވަރަށް ހެދުނާ ނިންމާ، އައްޑޫ ސިޓީއަށް ގެންގޮސް މިއަދުގެ ހަވީރުގެ ވަގުތެއްގައި މާލެއަށް ގެންދެވޭނެ” ކަމަށް ހޮސްޕިޓަލުގެ މެނޭޖަރު ހާމަކުރައްވާފައި ވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ ކޮވިޑް-19 ސާމްޕަލް ނަގާ ޓީމު

ކަރަންޓީނުގައި ތިބޭ މީހުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވެއެވެ.

ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީނަށް  ޖުމްލަ 193 މީހުން އައިސްފައިވާ ކަމަށް ވެއެވެ. އެންމެ ފަހުން އައި ދެ ގްރޫޕުގައި ގްރޫޕު (18 ޖޫން 2020) ގައި 34 މީހުނާއި (19 ޖޫން 2020) 89 މީހުން ހިމެނެއެވެ.

ފުވައްމުލަކގައި ހޯމް ކަރަންޓީނު ކުރެވިފައިވާ މީހުންގެތެރެއިން މިހާތަނަށް ސާމްޕަލް ނަގައި ޓެސްޓް ހަދައި ނިމި އަދި ޓެސްޓު ހެދުމުގެ މަރުހަލާގައި ވަނީ ޖުމްލަ 77 މީހުން ކަމަށް އާއްމު ކުރެވިފައިވާ އަދަދުތަކުން އެނގެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި ތިބި މީހުންގެތެރެއިން ރަށަށް އަންނަން އެދުނު މީހުން 4 ފަހަހަރު މަތިން ވަނީ ހޯމް ކަރަންޓީނަށް ވަނީ ގެނެސްފައެވެ. ހޯމް ކަރަންޓީނުގެ މުއްދަތަކީ 14 ދުވަސް ކަމަށް ކަނޑައޅާފައި ވީނަމަވެސް ގެއަށް އާދެވެނީ 18 ދުވަސް ފަހުންކަމަށް ބުނެ ޓެސްޓްގެ ނަތީޖާ ލިބި ކަންކަން ނިމިގެން ދާ ސްޕީޑް ލަސްކަމުގެ ކަންބޮޑުވުންތައް ކަރަންޓީނު ކުރެވިފައިވާ ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !