ދެކުނުގެ 4 އަތޮޅަށް މޫސުމީ ހުދު ސަމާލު ނެރެފި

ދެކުނުގެ މުސުމް - 18 ޖުލައި 2020
Share on facebook
Share on twitter
Share on google

ކުރިޔަށް އޮތް 24 ގަޑިއިރަށް ފުވައްމުލައް ސިޓީއަށް ހިމެނޭ، ދެކުނުގެ 4 އަތޮޅުގެ ސަރަހަށްދަށް މޫސުމީ ހުދު ސަމާލު ނެރެފިއެވެ.

މިއަދު، 18 ޖުލައި 2020 ގެ ހެނދުނު 10:00 އިން މާދަމާ ހެނދުނުނު 10:00 އަށް ދެކުނުގެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމް ލަފާކޮށްފައި ވެއެވެ. އަދި ދެކުނުގެ 4 އަތޮޅު ހިމެނޭ ސަރަހަށްދަށް ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކޮށްފައި ވެއެވެ.

މުޅި ރާއްޖޭގެ ވެސް ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. ދެނުގެ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އަށް ވައިޖެހޭނީ ހުޅަނގު-އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ އޮފީނުން ހާމަކުރައްވައެވެ.

މޫސުމާ ބެހޭ އިދާރާއިން މިއަދު އަލުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް (ހުދު ސަމާލު) ނެރެފައެވެ.

ވުމާއިއެކު ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ ކަންތައްތައް ރޭވުމަކީ މުހިންމު ކަމެކެވެ.

ދެކުނުގެ މުސުމް – 18 ޖުލައި 2020 ސެޓަލައިޓް ފޮޓޯ މެޓް އޮފީސް ދިވެހިރާއްޖެ

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments