A wide advertisement which will be shown on all devices. (700 x 100)

ދެކުނުގެ އަތޮޅުތަކަށް މޫސުމީ ރީނދޫ ސަމާލު ނެރެފި

ދެކުނުގެ މޫސުމް - 20 ޖުލައި 2020

ކުރިޔަށް އޮތް 24 ގަޑިއިރަށް ފުވައްމުލައް ސިޓީއަށް ހިމެނޭ، ދެކުނުގެ 5 އަތޮޅުގެ ސަރަހަށްދަށް މޫސުމީ ރީނދޫ ސަމާލު ނެރެފިއެވެ. މުސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރައްޔިތުން ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދިފައިވެއެވެ.

މިއަދު، 19 ޖުލައި 2020 ގެ ހެނދުނު 10:00 އިން މާދަމާ ހެނދުނުނު 10:00 އަށް ދެކުނުގެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމް ލަފާކޮށްފައި ވެއެވެ. މޫސުމީ ޔެލޯ އެލާރޓް ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމަޔަށެވެ. ދެކުނުގެ 5 އަތޮޅު ހިމެނޭ ސަރަހަށްދަށް 25 މޭލާއި 30 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކޮށްފައި ވެއެވެ.

ކަނޑުތައް ގަދަވެ ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އައްޑޫ ސިޓީ މީދޫ ކޯގަންނު ސަރަހައްދަށް އުދައަރާފައި ވެއެވެ.

މިއަދު ފުވައްމުލަކުގައި ފެންބޮޑުވެފައިވާ ސަރަހައްދެއް. ފޮޓޯ: ޝަހީދު

ދެކުނުގެ ސަރަހައްދަ ޔެލޯ އެލާޓް ނެރުނުތާ ގަޑިއެއް ހާއިރު ފަހުން ވަނީ އުތުރުގެ އަތޮޅުތަކަށްވެސް މޫސުމީ ޔެލޯ އެލާޓް ނެރެފައެވެ.

އިއްޔެއާއި މިއަދުވެސް ފުވައްމުލަކަށް ވެސް ވާރޭވެހި ބައެއް ހިސާބުތަކުގައި ވަނީ ފެންގަނޑު ބޮޑުވެފައެވެ. ބައެއް ގެތަކުގެ ތެރެއަށް ވެސް ފެންވަދެފައިވާކަމުގެ މައުލޫމާތު ލިބެއެވެ.

މުސުން ގޯސްވުމުގެ ސަބަބުން ލިބޭ ގއްލުންތައް ފުވައްމުލައް ސިޓީ ކައުންސިލްގެ އިމަޖެންސީ ނަމްބަރު 7315001 އަށް ގުޅުއްވައި ރިޕޯރޓް ކުރެއްވުމަށް އެދިފައި ވެއެވެ.

ދާދި ދެންމެއަކު ފުވައްމުލަކު ދިގުވާނޑު އަވަށުގެ ގެއަކަށް ފެންވަދެގެން އުޅޭ މަންޒަރެއް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !