A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ އައު އިންޖީނުގޭގެ މަޝްރޫގެ މަސައްކަތަކަށް ކުރިމަތިލާން ހުޅުވާލައިފި

ފެނަކަ އިން އަލަށް ރަށްރަށުގައި އަޅާ އިންޖީނުގެ ތަކުގެ ކުރެހުމެއް-

ފުވައްމުލައް ސިޓީގައި އައު އިންޖީނުގެ އިމާރާތްކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ކޮންޓްރެކްޓްރުން ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ. މި މަޝްރޫއު ހުޅުވާލާފައި ވަނީ ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށް ވެސް ބިޑް ހުށައެޅޭގޮތަށެވެ.

ކޮންޓްރެކްޓާ ފައިނޭނެސް އުސޫލުން ހިންގާ މި މަޝްރޫޢުގެ މަސައްކަތުގައި ހިމެނެނީ އިމާރާތް ޑިޒައިން ކުރުމާއި އިމާރާތުގެ އިންފްރާސްޓްރަކްޗާ މަސައްކަތް ކުރުމާއި، ޚަރަންޓްގެ ޚިދުމަތް ފެށުމަށް ބޭނުންވާ މަސައްކަތްތައް ފުރިހަމަކުރުމެވެ.

ފެނަކައިން މީޑިއާއަށް ވިދާޅުވިގޮތުގައި މި މަޝްރޫޢުގެ މަސައްކަތް މުޅިން ނިމޭއިރު، އިންޖީނުގޭގެ ޚިދުމަތް ފެށޭ މިންވަރަށް ހުރިހާ މަސައްކަތެއް ހުންނާނީ ނިމިފައެވެ. އެގޮތުން އިންޖީނުގެ ތަކުގެ މަސައްކަތް ފުރިހަމަ ކުރެވިފައި ވުމާއި، އިންޖީނުތައް ބެހެއްޓުމާއި، ބޭނުންވާ އިކުއިޕްމަންޓްތައް ހަމަކޮށް ނިމިފައި ހުންނާނެކަމަށެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގެ ކަރަންޓުގެ ނެޓްވަރކް އަޕްގްރޭޑްކުރުމާއި، ކޭބަލް ނެޓްވޯކާއި، ޑިސްޓްރިބިއުޝަން ފޮށިތައް އަޕްގްރޭޑްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފެނަކައިން ހާމަކުރައްވައެވެ.

ފުވައްމުލައް ސިޓީގައި އައު އިންޖީނުގެ އެޅުުމަށް ހަމަޖެހިފައ ިވަނީ ދޫނޑިގަމު ސަރަހައްދުން ފުވައްމުލަކު ދޫނޑިގަން އަވަށުގެ ދިރާގް އެންޓަނާ އާއި ބޯޓްޔާޑާއި ދެމެދު އޮތް ހުސްބިމެވެ. އައު އިންޖީނުގެ އެޅުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ފެނަކަ ކޯޕަރޭޝަނަށް ދީފައިވަނީ 80 ހާސް އަކަ ފޫޓްގެ ބިމެކެވެ.

ފުވައްމުލައް ސިޓީގެ އައު އިންޖީނުގެ އަޅާ ސަރަހައްދު

ފުވައްމުލަކުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ސެންޓްރަލް ޕަވާ ސްޓޭޝަނެއް ޑިޒައިންކޮށް، އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށް އިންސްޓޯލް ކުރުމަށާއ،ި އަދި މީޑިއަމް ވޮލްޓޭޖް (11 ކޭވީ) ވިއުގަ ހަރުދަނާ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ އިން މީގެ ކުރިން 2019 ވަނަ އަހަރު ޖުލައިމަހު މެދުތެރޭގައި ވެސް އިއުލާންކޮށްފައި ވެއެވެ.

ރަށްރަށުގެ ކަރަންޓުގެ ވިއުގަ ހަރުދަނާކޮށް، އަދި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތަށް މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތްތައް ފެނަކައިން އަންނަނީ ކުރަމުންނެވެ.

ފުވައްމުލަކުގައި އާ އިންޖީނުގެއެއް އަޅަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ރަޝީދު މެރިޑާ

    ވެއްޖެއްޔާ ކިތައްމެހާވެސް ރަގަޅު