A wide advertisement which will be shown on all devices. (700 x 100)

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ މަހު 6 އާއި ހަމައަށް އިތުރުކޮށްފި

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާ ރާއްޖެއިން ފެނުމާއި ގުޅިގެން މިދިޔަ މާޗުމަހު 6 ވަނަ ދުވަހު އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ. އިއްޔެރޭ އެ މުއްދަތު އާކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުންނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވަނީ، ކޮރޯނާ ރޯގާގެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވުމާއި ގުޅިގެންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވަނީ، ކޮވިޑް-19ގެ ކޭސްތަކެއް ރާއްޖެއިން ފެނުމާއި ގުޅިން 12 މާރޗު ގައެވެ.

އަދިވެސް ފަރުވާ އެއް ހޯދިފައިނުވާ ކޮރޯނާ ރޯގާ ރާއްޖޭގައި ވެސް ދަނީ ހަލުވި ކަމާއިއެކު ފެތުރެމުންނެވެ. އެރޯގާ މިހާރުގެ ވަނީ ރާއްޖޭގެ އެކިއެކި ރަށްތަކުންވެސް ފެންނަން ފަށާފައެވެ. މިރޯގާގެ ބިރުވެރިކަން މިހާރުވަނީ ފުވައްމުލަކު ސިޓީއަށްވެސް ކޮށްފައެވެ. އެގޮތުން، ކޮރޯނާ ރޯގާގެ ފުރަތަމަ ކޭސް މިދިޔަ ބުދަ ދުވަހު ފުވައްމުލަކުން ފެނުމާއި ގުޅިގެން މާސްކު އެޅުމާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައްވެސް މިހާރުވަނީ ހަރުދަނާ ކޮށްފައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !